އިންޓަރނޭޝަނަލް ޔޯގާ ޑޭ މި އަހަރުވެސް އިންޑިއާ ހައި ކޮމިޝަނުން ފާހަގަކޮށްފިއެވެ.

މި އަހަރު ޔޯގާ ޑޭ ފާހަގަކުރަން ބޭއްވި އިވެންޓް ބާއްވާފައިވަނީ އިންޑިއާ ހައި ކޮމިޝަނުގެ އިމާރުތުގެ ޓެރަހުގައެވެ. މި އިވެންޓުގައި އިންޑިއާގެ ހައި ކޮމިޝަނަރު މުނޫ މަހާވަރު ވަނީ ބައިވެރި ވަޑައިގެންފައެވެ. އަދި މި އިވެންޓުގައި ދިވެހިންގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

މި އިވެންޓުގައި ހައި ކޮމިޝަނަރު މުނޫ މަހާވަރު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ މެސެޖެއް ހިއްސާ ކުރައްވާފައެވެ. އެ މެސެޖުގައި "ބެކް ޓު ބޭސިކްސް" މައިންޑްފުލްނެސް އަދި ދެމެހެއްޓެނިވި ދިރިއުޅުމުގެ މުހިއްމުކަމަށް ވަނީ އަލި އަޅުއްވާލައްވާފައެވެ.



2022 ވަނަ އަހަރު ޔޯގާ ޑޭ ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި އިވެންޓުގައި ވަނީ ހަމަނުޖެހުން ހިންގާ އެ އިވެންޓުގައި ބައިވެރިވި އާންމުންނަށާއި އަދި ޑިޕްލޮމެޓުންނަށް ހުރަސްއަޅާ ހަމަލާތަކެއް ދީފައެވެ. މި މައްސަލައިގައި 23 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ޝެއިހުންނާއި ކުރީގެ މަޖިލީސް މެންބަރުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު