މ. މުލީގައި ހަދަމުންދާ އެއާޕޯޓަށް މުވައްޒަފުން ނަގަން ތައްޔާރުވަމުންދާ ކަމަށް ރީޖަނަލް އެއާޕޯޓްސްއިން ބުނެފި އެވެ.

މުލީ ރީޖަނަލް އެއާޕޯޓް އަޅަން އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

އެ މަސައްކަތް އޭރު ހަވާލުކުރީ 221.7 މިލިއަން ރުފިޔާއަށް އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ނަމަވެސް އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމި އޮތީ ދިގު ލައިގެން ގޮސްފަ އެވެ.

ނަމަވެސް މިހާރު ވަނީ މަސައްކަތުގެ ބޮޑު ބައި ނިންމައި ރަންވޭވެސް އަޅައިފަ އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވިދާޅުވީ މިހާރު ތައްޔާރުވަމުން ދަނީ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ކަމަށެވެ.

ހަމަ އެހެންމެ އެ އެއާޕޯޓު ހުޅުވުމުގެ ދެތިން މަސް ކުރިން މުވައްޒަފުންނަށް ޓްރެއިނިންތައް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މ. އަތޮޅުގައި މިހާރު އެއާޕޯޓެއް ނެތެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން