ޖަރުމަނުގައި މިހާރު ކުރިއަށްދާ "ޔޫރޯ 2024"ގެ މެޗުތައް ވަގުތުން ބަލާލެވޭގޮތަށް ފޯނު އެޕްލިކޭޝަނެއް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ތައާރަފް ކޮށްފިއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ޔޫރޯގެ މެޗުތައް ވަގުތުން ބަލާލެވޭނެ އެވެ.
ގިނަ ޗެނަލްތަކެއް އޮންލައިންކޮށް ބެލޭނެ ގޮތަށް ތައާރަފް ކުރި މި އެޕްލިކޭޝަނަކީ ޔޫރޯއަށް ޚާއްސަކޮށްގެން ޕީއެސްއެމުން ގެނެސްދޭ ޚާއްސަ ކަވަރޭޖުގެ ތެރެއިން ތައާރަފްކުރި އެޕެކެވެ.

މި އެޕް ރަސްމީކޮށް ތައާރަފް ކޮށްދެއްވީ ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޔާމިން ރަޝީދެވެ."ޕީއެސްއެމް އެއަރ" ގެ ނަމުގައި ތައާރަފް ކުރި މި އެޕްލިކޭޝަން ހިލޭ ބޭނުން ކުރެވޭނޭ ކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވިއެވެ.

ޒީނާ ޒާހިރު ވިދާޅުވީ މިފަދަ ދުވަސްވަރެއްގައި އެއްވެސް އަގަކާނުލައި ޕީއެސްއެމްގެ ޗެނަލްތައް ބަލާލެވޭގޮތް ވުމަކީ އާންމުފަރާތްތަކަށް ލިބިގެންދާނެ ބޮޑު އުފަލެއްކަމަށެވެ.


ޕީއެސްއެމުން ތައާރަފް ކުރި މި އެޕްލިކޭޝަން މިހާރު އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކުންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

މި އެޕްލިކޭޝަނުން ޕީއެސްއެމްގެ ޗެނަލްތަކުގެ ތެރެއިން ޓީވީއެމް، ޔެސްޓީވީ އަދި ޕީއެސްއެމް ނިއުސް ބަލާލެވޭނެވެ. މީގެ އިތުރުން ރޭޑިއޯ ޗެނަލުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ އަޑާއި، ދިވެހި އެފްއެމްގެ އިތުރުން ދީނުގެ އަޑުވެސް އަޑު އަހާލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން