ރަށްރަށުގައި މަސައްކަތްކުރަންދާ ބިދޭސީން ނަގާ އިތުރު ޕާމިޓުން، އިތުރު ފީ އެއް ނެގުމާއިމެދު މަޝްވަރާ ނުކުރާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވަނީ ބިދޭސީ މަސައްކަތްތެރިންނަށް ކޮންމެ ރަށަކުން އިތުރު ޕާމިޓެއް ދޭންޖެހޭ ގޮތް ހަދަން ސަރުކާރުން ނިންމައިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ގާނޫނުގެ ދަށުން ކައުންސިލްތަކުން އެ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު ބަލަހައްޓަން ޖެހުނުނަމަވެސް އެފަދަ ނިޒާމެއް މިހާރު ނެތްކަމަށް އިހުސާން ވިދާޅުވި އެވެ.
މިހާރު ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމަށްފަހު އެ ސިސްޓަމްގެ އެކްސެސް ކައުންސިލްތަކަށްދީ މައުލޫމާތު އަދާހަމަކުރުމުގެ ފުރުސަތު ދޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން އިތުރު ތަފްސީލް ދެއްވަމުން ވިދާޅުވީ މިހާރު ގާއިމްކުރެވިފައިވާ ނިޒާމަށް ބަދަލުތަކެއް ގެނައުމުން ބިދޭސީ މަސައްކަތްތެރިން ޖެހޭނީ އޮންލައިންކޮށް ޕާމިޓަށް އެދެންކަމަށެވެ. އެކަމަށް އެދުމުން ކައުންސިލްތަކުން ޖެހޭނީ އެޕްރޫވަލް އެއް ދޭންކަމަށް ވެސް ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. މި ހުރިހާ ކަމަކީ އައިޓީ ބޭސްޑް ސޮލިއުޝަންސް ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މިދިޔަ މަހު، "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ. ހިންމަފުށީގައި ފެށި މި އޮޕަރޭޝަންގައި 800 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު މިހާރު ވަނީ އެއްކުރެވިފައެވެ.

There is no discussion of “additional” charges for the said Island / city level permit. The solution will be an electronic / IT based solution (additional development to existing system) where workers in Islands will be required to get an e-registration done and acknowledged… https://t.co/NUireU2Gaw
— Minister of Homeland Security & Technology (@min_mohst) June 18, 2024
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މިދިޔަ މަހު، "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ. ހިންމަފުށީގައި ފެށި މި އޮޕަރޭޝަންގައި 800 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު މިހާރު ވަނީ އެއްކުރެވިފައެވެ.
ކިޔުންތެރިންގެ ހިޔާލު