ވަގަށް މުދާ އެތެރެކުރާ ފަރާތްތަކުން ކަސްޓަމްސް އޮފިސަރުން ބަދުނާމްކުރަން މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ކަސްޓަމުން ބުނެފި އެވެ.

ޓިޝޫ ކަމަށް ބުނެ އޮޅުވާލައިގެން އެތެރެކުރަން އުޅުނު 200 މާސްޓާ ކާޓަން ނުވަތަ ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ދިވެހި ކަސްޓަމުން އަތުލައިގަތީ މިދިޔަ ހަފްތާގައެވެ. އެކަމާ ކަސްޓަމުގެ އިސް ބައެއް އޮފިސަރުންނާއި ފމގުޅުވައިގެން މީސް މީޑިއާގައި ދަނީ މައުލޫމާތު ފަތުރަމުންނެވެ.

އެކަމަށް އިޝާރާތްކުރަށްވައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ޔޫސުފް މާނިއު ވިދާޅުވީ އެހާ ގިނަ ސިނގިރޭޓް ކާޓަންތައް އަތުލައިގަތުމުން ކަސްޓަމުން ގަވައިދާ އެއްގޮތަަށް ކަންކަން ބަލަމުންދާ މިންވަރު ހަރުދަނާވެފައިވާކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކަސްޓަމުން ހިންގާ އޮޕަރޭޝަންތަކުގެ ނަޒާހާތްތެރިކަން ހިފަހައްޓަން ބޮޑީ ކެމެރާ ވެސް ވަރަށް އަވަހަށް ބޭނުން ކުރަން ފަށާނެ ކަމަށެވެ.

މާނިއު ވިދާޅުވީ ވަގަށް މުދާ އެތެރެކުރާ ފަރާތްތަކުން ކަސްޓަމްސް އޮފިސަަރުން ބަދުނާމްކޮށް ވާހަކަ ދައްކަނީ އެ މީހުންގެ ކުށްތައް ފޮރުވަން ކަމަށެވެ.

އެހެންކަމުން ތެދާއި ދޮގު އާންމު ރައްޔިތުން ދެނެގަންނަން ޖެހޭ ކަމަށާއި ގަވައިދާ ހިލާފަށް މުދާ އެތެރެކުރާ ފަރާތްތަކާ ދެކޮޅަށް ތެދުވުމަށް އޭނާ ގޮވާލެއްވި އެވެ.

ހަމަ އެހެންމެ ސޯޝަލް މީޑިއާގައި ފޭކު އެކައުންޓްތަކުން ދައްކާ ވާހަކަތަކަށް ނުހެއްލުމަށް ވެސް މާނިއު ގޮވާލެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު


0

އިއްބެ

22-Jun-2024

އެކަންވާނީއެހެން ތިޔަކަހަލަކޮއްމެތަނެއްގައި ރިޝްވަތުދޭނެބަޔަކާއި ރިޝްވަތުހިފާނޭބައެއްތިބެންޖެހެއެވެ އެއީދުންޔަވީޢާދައެވެ


3

ޝާން

22-Jun-2024

ތަފާތުކުރުމެއްނެތި ޚިދުމަތް ކުރައްވާ! ޙައްޤު ގަދަވާނީ!ޓްރެންޑިން