ދާފިފަހުން އެޕަލް ކުންފުނިން ނެރުނު އެ ކުންފުނީގެ އުފެއްދުންތަކަށް ހާއްސަ އައިއޯއެސް އެންމެ ފަހުގެ އަޕްޑޭޓް، އައިއޯއެސް 18 ގައި އައިފޯން 15 ގެ ބެޓަރީ ހުސްވިއަސް ފޯނުން ވަގުތު ބެލޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މީސްމީޑިޔާ ޕްލެޓްފޯމް ރެޑިޓްގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި އައިއޯއެސް 18 ގެ އަޕްޑޭޓްގައި އައިފޯނެއްގެ ބެޓެރީ ހުސްވުމުންވެސް ފޯނުން ގަޑި ފެންނަ މަންޒަރު ފެނެއެވެ. އެގޮތުން ފޯނުގެ ކަނާތު މަތީ ކޮޅުގައި ވަގުތު ފެންނަން ހުންނައިރު އެއީ ކުޑަ ނަމަވެސް ބޭނުންތެރި އަޕްގްރޭޑެއް ކަމުގައި ބެލެވެއެވެ. އަދި ވަގުތާއެކު ބެޓެރީ އައިކޮންވެސް ފެނެއެވެ.

މި ފީޗާ އަކީ ފަހުގެ ފޯނުތަކަށް ވަރަށް ލިމިޓްކޮށްފައިވާ ފީޗާ އެއްކަން ފާހަގަ ވެއެވެ. އެގޮތުން މި ފީޗާ މިހާރު ބޭނުންކުރެވެނީ ހަމައެކަނި އައިފޯން 15 މޮޑެލްތަކުގައެވެ. އަދި އައިފޯން 14 ޕްރޯ މެކްސްގައި މި ފީޗާ ޓެސްޓް ކުރި ނަމަވެސް އެއިން މި ފީޗާ ނުފެންނަކަން ވަނީ ފާހަގަ ވެފައެވެ.

އައިފޯން އެކްސްއާރު އަދި އައިފޯން އެކްސްއެސް އިން ފެށިގެން އައިފޯންތަކުގައި ޕަވަރ ރިޒާވް އަކީ ފީޗާއެއް ކަމަށް ވާއިރު ދުވަސްވީ ޑިވައިސްތަކުގައި ބެޓެރީ ހުސްވުމުން ޑިސްޕްލޭގައި ހުންނަ ވަގުތު ދެއްކުމުގެ މި ފީޗާ ލިމިޓިން ފެކްޓަރ އަކަށް ވީ ސަބަބެއް އަދި ސާފު ނުވާކަން ފާހަގަ ވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން