ގިނަ ހަރަކާތްތަކާއެކު މާލޭގައި ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރުމަށް ނިންމާފައިވާކަމަށް ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެންސީއޭ) އިން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންސީއޭ އިން ބުނީ ބޮޑު އީދުގެ ހަރަކާތްތައް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާއިރު މި ހުރިހާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ކަމަށެވެ.
އެގޮތުން ފުރަތަމަ ހަރަކާތެއްގެ ގޮތުގައި 15 ޖޫން ވާ ހޮނިހިރު ދުވަހުގެ ރޭ "ވެދުމާ ދިޔުން"ގެ ނަމުގައި 21:00ގައި ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވެދުމާ ދިޔުމަކީ އިހުގެ ކާބަފައިން އެއިރެއްގައި އެރަށެއްގެ ވެރިއަކަށް ހުންނަ ބޭފުޅެއްގެ އަރިހަށް އީދުގެ ކުޅިވަރުތައް ކުރިއަށްގެންދިއުމުގެ ހުއްދައަށް އެދި ދެންނެވުމަށް ދާދިޔުމަކަށް ކިޔޭ ނަމެކެވެ. މިހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
16 ޖޫން ވާ އާދީއްތަ ދުވަހު، އީދު ދުވަހުގައި 11 ހަރަކާތެއް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ހެނދުނު 07:00 ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމާއި 08:00ގައި މަޖީދީމަގުގައި އީދު ސައެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އީދު ދުވަހުގެ ހަވީރު 16:00ގައި މާލޭގެ 8 ސަރަހައްދެއްގައި ސަގާފީ ކުޅިވަރުތައް ދައްކާލުމަށް ހަމަޖެހިފައިވާކަމަށްވެސް އެންސީއޭއިން ހާމަކޮށްފައިވެއެވެ. އަދި ރޭގަނޑު 21:00ގައި ސޯޝަލް ސެންޓަރުގައި ފަންނާނުންގެ ސްޓޭޖް ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެންސީއޭއިން ހާމަކޮށްފައިވެއެވެ.
އެންސީއޭއިން ބުނީ، 17 ޖޫން ވާ ހޯމަ ދުވަހުގެ ހެނދުނު 09:00ގައި އާޓިފިޝަލް ބީޗު އަދި ރަސްފަންނުގައި ފެންކުޅިކުޅުމަށް ހާއްސަ ހަރަކާތެއް ހިންގުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.
ފަހުގެ ތާރީހެއްގައި މާލޭގައި މިފަދަ ގޮތަކަށް ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރާ މިއީ ފުރަތަމަ ފަހަރެއެވެ.

ކިޔުންތެރިންގެ ހިޔާލު