އެންމެ ހާލަތު ދަށްކޮށް ހުރި ކައުންސިލް އިމާރާތްތައް އަލުން އިމާރާތްކުރުމުގެ މަޝްރޫއުގެ ދަށުން އިމާރާތްތައް އަޅާ 50 ރަށުގެ ލިސްޓު ސިޓީތަކާ އިދާތީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.
ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މި މަޝްރޫއުގައި 50 ރަށް ކަނޑައެޅުމުގައި، 2023 އަދި 2024 ވަނަ އަހަރު ޕީއެސްއަޕީ ބަޖެޓުން ކައުންސިލް އިމާރާތް އެޅުމަށް ހިމަނާފައިވާ ރަށްތައް ހިމެނިފައި ނުވާ ކަމަށެވެ. އަދި މި މަޝްރޫއުގައި އެ ރަށްތަށް ނުހިމެނީ ޕީއެސްއައިޕީ ބަޖެޓުން އެ ކައުންސިލްތަކުގެ އިމާރާތްތައް ކުރަމުން ދާތީ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
މި ޕްރޮޖެކްޓް ހިންގުމަށް އެންމެ އެކަށީގެންވާ ރަށްތައް ކަނޑައެޅުމުގައި ވަރަށް ތަފްސީލުކޮށް މައުލޫމާތު ނަގާ، ބަލާފައިވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މި މައުލޫމާތުތައް އެއްކުރިއިރު، ރާއްޖޭގައި ކައުންސިލް އާ އިމާރާތް އެޅުމަށް ކޮންމެހެން ބޭނުންޖެހިފައިވާ 102 ރަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. މީގެތެރެއިން މިއަހަރު އަޅާ 50 އިމާރާތް ކަނޑައަޅާފައިވަނީ، އިމާރާތުގެ ހާލަތު އެންމެ ދަށްކޮށް ހުރި ރަށްތައް ބެލުމަށްފަހުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އާ އިމާރާތްތަށް އަޅާދޭ ރަށްތަށް ކަނޑައެޅުމުގައި މިހާރު ހުރި އިމާރާތަށް ވީ މުއްދަތާ، މަރާމާތުކުރަންޖެހޭ މިންވަރާ، ޖާގައާއި އަދި ސްޓޯރޫމާއި، ފާހާނާ އަދި ނަމާދު ކޮޓަރި ފަދަ ޖާގަތައް ހުރި މިންވަރު ވަނީ ބަލާފައެވެ. އަދި ރަށު އޮފީހުގެ އިމާރާތުގައި ޕޮލިސް ޑެސްކާއި ކޯޓުގެ ޚިދުމަތް ޤާއިމުކޮށްފައިވޭތޯ ބަލާފައިވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ޗައިނާ ސަރުކާރުގެ އެހީގައި ޕްރީ-ފެބްރިކޭޓެޑް އިމާރާތްތަކެއް އަޅާނީ. 50 ރަށުގެ މަސައްކަތް އެކިއެކީގައި ކުރިއަށްދާނީ. ވަކި ތަރުތީބެއް ނީންނާނެ." ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ކައުންސިލްތަކަށް ދިމާވެފައިވާ އިމާރާތުގެ ދަތިކަމަށް ހައްލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު