ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ހުރިހާ ވައުދުތައް ފުއްދޭނީ ގައުމުގެ މާލީ ހާލަތު ރަނގަޅުވެގެން ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ލޭނު އެޅުން ސަރުކާރުން ހުއްދަ ކުރަން ކުރާ މަސައްކަތާ ދެކޮޅަށް ކަމަށް ބުނެ ސަރުކާރުގެ ވައުދާ އެއް ގޮތަށް މިފްކޯއިން ކަންނެލި ގަތުމަށް ޑިމާންޑުކޮށް، ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަނުން އިސްވެ މާލޭގެ ފަޅު ތެރޭގައި ކުރަމުންދާ އިހުތިޖާޖްގެ ބައިވެރިންނާ ވާހަކަ ދައްކަވަމުންނެެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު ގައުމުގެ މާލީ ހާލަތު އޮތީ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރަންޖެހޭ ފަދަ ހާލަތެއްގައި ކަމަށެވެ. ޝިޔާމް ވިދާޅުވީ ގައުމުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ދައުލަތަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އެގޮތުން އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމަށްފަހު އެކަމެއް ކޮށްގެން ލިބޭނެ ފައިދާ އާއި ގެއްލުމާއި މެދު މަޝްވަރާކުރާނެ ކަމަށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން ގެއްލުންވާ ފަރާތެއް ހުރި ނަމަވެސް އެފަރާތެއްގެ އަޑު ސަރުކާރުން އަހާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ނުވަތަ މަސްވެރިންނަށް އެއްޗެއް ދެވޭނީ މާލީ ހާލަތު ރަނގަޅުވެގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ސަރުކާރުގެ ވައުދުތައް، ބަނދަރުވިޔަސް ޖެޓީ ވިޔަސް މަގުތައް ވެސް ހެދެން އޮތީ ފައިސާ ދައުލަތަށް ރަނގަޅަށް ލިބިގެން، ދައުލަތުން ވަރަށް މުހިންމު މަސައްކަތެއް އެބަކުރޭ ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ރައީސުލްޖުމުހޫރިއްޔާ އާއި ފިނޭންސް މިނިސްޓަރު އިސްނެންގެވުމުގެ މަތިން އެގޮތްތައް މިދަނީ ހޯދަމުން.، އާމްދަނީ ހޯދަން ކުރާ މަސައްކަތަކުން ގެއްލުންވާ ނުވަތަ ގުޅުންހުރި ފަރާތްތަކާއި މިދަނީ ވާހަކަ ދައްކަމުން. އެބޭފުޅުންގެ ވިސްނުމާއި ފިކުރާ އުނދަގޫވާގޮތަށް މިސަރުކާރުން ކުރާނެ ކަމެއް ނޯންނާނެ،" މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ގަމާރު

22-Jun-2024

ޢެއްވެސް އަސާސަކަށް ބިނާކޮށް ވީ ހޮޅި ވައުދު ތަކެއެއްތާ!ޓްރެންޑިން