މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ފަށައިފި އެވެ.

މިޔަރުގެ މަސްވެރިކަން ސަރުކާރުން މަނާކުރީ 2010 ވަނަ އަހަރު އެވެ.

ނަމަވެސް އޭގެ ފަހުން އާދަޔާ ހިލާފަށް މިޔަރު އިތުރުވެފައިވާ ކަަމަށް މަސްވެރިން ދަނީ ބުނަމުން ނެވެ. އެގޮތުން ބާނާ މަސްކޮޅުގެ އެއްބައި ވެސް މިޔަރު ކާލާކަމަށް މަަސްވެރިން ބުނަމުންދާތާ އަހަރުތަކެއް ވަނީ ވެފަ އެވެ.

މަސްވެރިން އެފަދައިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް މިޔަރު ދޭ ހަމަލާތައް ރާއްޖޭގައި ވަނީ އިތުރުވެފަ އެވެ.

އަދި މިދިޔަ އާދިއްތަ ދުވަހު މިޔަރެއް ދިން ހަމަލާގައި ސިފައިންގެ މީހަކު ވަނީ ނިޔާވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު "ރަސް"އަށް ވިދާޅުވީ އެ ކަންބޮޑުވުން އޮތުމުން މިޔަރުގެ މަސްވެރިކަމަށް އަލުން ހުއްދަދޭން ދިރާސާއެއް ފަށާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ.

މިޔަރުގެ އާބަދީ އިތުރުވެފައިވާ ކަމަށް މަސްވެރިން ބުނި ނަމަވެސް މެރިން ރިސާޗު ސެންޓަރުން ބުނީ ދިރާސާތަކުން އެގޮތަށް އެކަން ނުދައްކާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ބަޗީ

22-Jun-2024

ދެން އެހެންވީއިރު ވެގެން އުޅޭގޮތެއް ސާފުކޮށްދީ. އިންސާނުންގެ ފުރާނައަށް ވުރެ އިންސާނުންގެ ކާނާއެއް ކަމުގައި ލައްވާފައިވާ އެއްޗެއް މުހިއްމުވީ ސަބަބު ބުނެދޭންޖެހޭނެ.



ޓްރެންޑިން