ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފި އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައްސަލަ ރިޕޯޓްކުރީ ރޭ މެންދަމުން އަލިވެ ތިނެއް ޖެހިއިރު ކަމަށެވެ.

އެ ހާދިސާގައި ހަތް ސައިކަލަކަށާއި އަދި ވޭނަކަށް ވެސް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އޭގެ ތެރެއިން ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަަށް އަނދާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯކޮށްލިކަމަށް ބެލެވޭ މީހާ މިހާރު ވަނީ ދެނެގަނެވިފަ އެވެ. ނަމަވެސް އޭނާ އަދި ހަައްޔަރުނުކުރާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އަލިފާން ރޯކޮށްލި ސަބަބެއް އަދި ނޭނގެ އެވެ.

މިއީ ފަހުގެ ތާރީހެއްގައި ވެހިކަލްތަކެއްގައި ރޯކޮށްލި އެންމެ ވަރުގަދަ ހާދިސާ އެވެ.



ކިޔުންތެރިންގެ ހިޔާލު