ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފި އެވެ.
"ކޫލް ސްކޫލް"ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ އެ މަޝްރޫއު އިފްތިތާހުކޮށްފައި ވަނީ ކ. މާފުށީ ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
ސްކޫލުތައް އޭސީ ކުރުމުގެ މަޝްރޫއު ފެށީ މި ފަހަަކަށް އައިސް ހޫނުމިން އާދަޔާ ހިލާފަށް މަތިވަމުންދިއުމާ ގުޅިގެން ނެވެ.
އެކަމާ ގުޅިގެން ދިރާސީ އަހަރު ފެށެން އުޅެނިކޮށް ބައެއް ސްކޫލްތަކަށް ފަންކާ ހޯދުމަށް ބެލެނިވެރިންގެ އެހީއަށް އެދި ސްކޫލްތަކުން ބެލެނިވެރިންނަށް މެސެޖްކުރި މައްސަލައެއް ވެސް ހޫނުވެ އެޑިއުކޭޝަން މިނިސްޓްރީއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި އެވެ.
އެހެންވެ ފަހުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އޭސީ ކުރުމުން ކަރަންޓުގެ ހަރަދު 38 ޕަސެންޓް އިތުރުވާނެ ކަމަށެވެ، އަދި އެ މަޝްރޫއުގެ 38 ޕަސެންޓް ކުރިއަށް ގެންދާނީ އިއާދަކުރަނިވި ހަކަތައިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު