ސަރުކާރުން ނޫހެއް ނެރެން ފަށައިފި އެވެ.

"ސަރުކާރު"ގެ ނަމުގައި އޮންލައިންކޮށް ލޯންޗު ކުރި އެ ނޫހަށް މިހާރު ވަދެވެ އެވެ.

އެ ނޫހުގައި ހިމެނެނީ މުޅިންވެސް ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކާ ގުޅޭ ހަބަރު ތަކެވެ.

އެގޮތުން ސަރުކާރުގެ އެކި މިނިސްޓްރީތަކާ ގުޅޭ ހުރިހާ ހަބަރުތައް އެއްޕްލެޓްފޯމަކުން ފެންނަ ގޮތަށް އެ ނޫހުގައި ހިމަނާފައި ވެއެވެ.

ސަރުކާރުގެ ނަމުގައި ނޫހެއް ލޯންޗުކުރި އިރު މިހާރު ވެސް ހުރިހާ މިނިސްޓްރީތަކުން ދަނީ ޓުވިޓާއާއި ފޭސްބުކްގައި ވެސް އެ މިނިސްޓްރީތަކާ ގުޅޭ ހަބަރުތައް ގެނެސްދެމުން ނެވެ.

އޭގެ އިތުރުން ކޮންމެ މިނިސްޓްރީއެއްގެ ވެސް ރަސްމީ ވެބްސައިޓުގައި ވެސް އެ މިނިސްޓްރީއަކާ ގުޅޭ ހަބަރުތައް ފެންނަ ގޮތަށް ހުރެއެވެ.

އޭގެ އިތުރުން ދައުލަތުގެ މީޑއީ "ޕީއެސްއެމް"އިން ވެސް ގަވާއިދުން އޮންލައިންކޮށް އަދި ޓީޥީއާއި ރޭޑިއޯ މެދުވެރިކޮށް ދަނީ ސަރުކާރާ ގުޅޭ އެންމެހާ ހަބަރުތައް ގެނެސްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު