ޑިރެކްޓަރް ފަރްޚާން އަޚްތަރު، ބޮލީވުޑްގެ އެންމެ ކާމިޔާބު ތިން އަންހެން ބަތަލާއިންނާއިންނާއެކު ތައްޔާރުކުރަން ނިންމި ހިންދީ ފިލްމް ޖީލޭ ޒަރާ ގެ ލީޑު ރޯލު ކުޅޭނެ ތިން ފިރިހެން ތަރިން ހޯދަމުން ދާކަމަށް ޕްރޮޑަކްޝަން ޓީމާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ދިލް ޗަހްތާ ހޭ، ލަކްޝްޔާ، ޑޮން، އަދި ޑޮން 2 ފަދަ ފިލްމުތައް އުފައްދައި ހިންދީ ސިނަމާގެ އެންމެ އިތުބާރު ހުރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނިފައިވާ ފަރުހާން އަޚްތަރު، ބޮލީވުޑްގެ އެންމެ ކާމިޔާބު ތިން ބަތަލާއިންނާއިންނާއެކު ފިލްމެއް ތައްޔާރުކުރުމުގެ މަސައްކަތް އިއުލާންކޮށްފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައެވެ. ޖީ ލޭ ޒަރާގެ ނަމުގައި ތައްޔާރުކުރާ މިފިލްމުގައި ޕްރިޔަންކާ ޗޯޕްރާ، ކެޓްރީނާ ކައިފް، އަދި އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާނެކަމަށް ފަރްޚާން އޭރު ބުނެފައިވެއެވެ.

ނަމަވެސް އޭގެ ފަހުން އަޑުތައް ފެތުރުނީ ފަރްޚާން އަޚްތަރު ބޭނުންވި ތިން އަންހެން ބަތަލާއިންނާއިންނާއެކު މިފިލްމުގެ މަސައްކަތް ކުރިއަށް ނުދެވި ފަސްކުރަން ޖެހުނު ހަބަރެވެ. އަދި ފިލްމުގެ ލީޑު ރޯލު ކުޅެން ހަމަ ޖެހުނު އަންހެން ބަތަލާއިން ބަދަލު ކުރަން މަސައްކަތް ކުރާ ހަބަރުވެސް ފެތުރިގެން ދިޔައެވެ.

މިކަން ދޮގުކޮށް ފަރްޚާންގެ ޓީމުން ވަނީ ފިލްމުގެ ލީޑު ރޯލު ކުޅެން ހަމަޖެހިފައިވާ އަންހެން އެކްޓަރުން ބަދަލު ނުވާ ކަމަށާއި، މިހާރު މަސައްކަތް ކުރަމުން ދަނީ ފިލްމުގެ ލީޑު ރޯލު ކުޅޭނެ ތިން ފިރިހެން ތަރިން ހޯދަމުގެ މަސައްކަތް ކަމަށް ފަރްޚާންގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. އަދި ފަރްޚާން ބޭނުންވަނީ ފިލްމުގެ ފިރިހެން ލީޑު ރޯލު ކުޅެން އޭލިސްޓު ތަރިން ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ލީޑު ރޯލުތަކުން އޭ ލިސްޓު އަންހެން ތަރިން، ނުވަތަ އެ ފިލްމެއްގައި އިސްސަފު ސީދާ އަންހެނުން ފެންނަ ފިލްމުތަކުގައި ފިރިހެން ލީޑު ރޯލު ކުޅެން އޭލިސްޓު ތަރިން ބޭނުން ކުރުމަކީ އާންމުކޮށް ފެންނަކަމެއް ނޫނެވެ.

އަދި މިފިލްމުގެ މަސައްކަތް ފަސްކޮށްފައިވާއިރު، މިހާރު ފިލްމުގެ މަސައްކަތް ފެށޭނެ ތާރީހަކާ ބެހޭގޮތުން މަޝްވަރާ ކުރަމުންދާކަމަށް ފަރްޚާންގެ ޓީމުން ހާމަކޮށްފައިވެއެވެ.

ހިންދީ ފިލްމް ޖީލޭ ޒަރާ ގެ މަސައްކަތް ފަރްޚާން ފަށާނީ ހިންދީ ފިލްމު ޑޮން 3 ގެ މަސައްކަތް ނިންމުމައްފަހުކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން