ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ބަރުވި ލަގެޖަށް ފައިސާ ދައްކަން ޖެހުމުން މާރާމާރީ ހިންގި ބިދޭސީ މީހާ 10،000ރ. އަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.

މި މަހުގެ ހަތް ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގައި އެ ބިދޭސީ ފިރިހެން މީހާ އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކަށް ހަމަލާދިނީ އޭނާގެ ލަގެޖް ބަރުވުމުން ފައިސާ ދައްކަން ބުނުމުން ކަމަށް ވަނީ އެނގިފަ އެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށް ފަހު ޝަރުުތުރުތަކަކާއެކު ދޫކޮށްލި އެވެ.

އޭގެ ފަހުން އޭނާގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައި ނިންމީ މިއަދު އެވެ. އޭނާގެ މައްޗަށް ދައުވާ ކުރީ އަނިޔާ ދިނުމުގެ ކުށާއި ގައިގައި އަތްލުމުގެ ކުށް ކުރިކަނަށް ބުނެއެވެ.

އެގޮތުން އަނިޔާ ދިނުމުގެ ކުށުގައި އޭނާ 7200 ރުފިޔާ އަދި ގައިގައި އަތްލުމުގެ ކުށުގައި 3600 ރުފިޔާ ދައްކަން ވަނީ ހުކުމްކޮށްފަ އެވެ.

އެ ފައިސާ 30 ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވެސް ވަނީ އަންގައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު