ފޮޓޯ އަދަދު
ފޮޓޯ އަދަދު
ކުރީގެ ރައީސް ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާފައިވާ އެއްބަސް ވުމުގެ ދަށުން އެސްކްރޯ އެކައުންޓްގައި ބަހައްޓާފައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ހޯދުމަށް އެމަނިކުފާނު ސިވިލް ކޯޓަށް ހުށައެޅުއްވި މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރެެއް ނެރެފި އެވެ.

ކުރީގެ ރައީސް ޔާމީނާއި އޭސީސީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހުޅުވާފައިވާ އެސްކްރޯ އެކައުންޓްގައި ބަހައްޓާފައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ހޯދުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ސިވިލް ކޯޓުގައި ވަނީ ދައުވާކޮށްފައެވެ. އެ މައްސަލާގައި ބޭންކާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުން ސިވިލް ކޯޓުގައި އިޖްރާއީ ނުކުތާ އެއް ވަނީ ނަގާފައެވެ.

އެހެން ނަމަވެސް ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިިންމުމުން ބޭންކުގެ ފަރާތުން އެނިންމުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެ ނިންމުން އިސްތިއުނާފް ކުރުމަށްފަހު އިސްތިއުނާފް ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް ބޭންކުގެ ފަރާތުން ހައިކޯޓުގައި ވަނީ އެދިފައެވެ.

އެކަމާ ގުޅިގެން ހައި ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ އެ މައްސަލަ ހައި ކޯޓުން ނިމުމުގެ ކުރިން ސިވިލް ކޯޓުން މައްސަލަ ނިމިއްޖެނަމަ ހައި ކޯޓުން ކުރާ ހުކުމުގެ ބޭނުން ކެނޑިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އަމުރު ނެރެނުދީފިނަމަ ބޭންކަށް ލިބޭ ގެއްލުން ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންކަމުން އެ މައްސަލަ ހައި ކޯޓުން ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލަން އަމުރުކުރީ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން