މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް
މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް
މާލޭގެ މަގަކަށް ފަލަސްތީނާ ގުޅޭ ނަމެއް ކިޔުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި އެ ގޮތަށް ފާސްކޮށްފައިވަނީ މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް އެގޮތަށް ހުށައެޅުއްވުމުން އެކަމާމެދު މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.

މިއަދުގެ ޖަލްސާގައި އާޒިމް ވިދާޅުވީ، ފަލަސްތީނަކީ ދިވެހިންގެ ހިތާއި ގުޅިފައިވާ ތަނެއް ކަމަށާއި މާލޭގައި ވަކި ނަމެއް ނުދީ އޮތް ދެ މަގުން ކުރެ އެއް މަގަށް ފަލަސްތީނުގެ ނަމުން ނަން ދިނުމާ ގުޅޭގޮތުން ކައުންސިލްގެ މެންބަރުންގެ ހިޔާލެއް ދެއްވުމަށް އެދިލައްވާ ކަމަށެވެ.

އާޒިމް އެގޮތަށް ހުށައެޅުއްވުމުން ކައުންސިލްގެ އެއް މެމްބަރު ފިޔަވައި އެހެން ހުރިހާ މެމްބަރުން ވަނީ އެކަމަށް ތާއީދުކުރާ ކަމަށް ވޯޓު ދެއްވާފައެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތްތައް އާ ހަރުފަތަކަށް މިހާރު ޖައްސާލާފައިވާއިރު ދާދިފަހުން ރާއްޖެއިން ވަނީ ފަލަސްތީނުގެ މައްސަލާގައި އދ. ގައި ވީޓޯގެ ބޭނުންކުރާގޮތް ކުށްވެރިކޮށްފައެވެ.

އެގޮތުން ރާއްޖޭން ބުނެފައިވަނީ ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތް އެންމެ ވޯޓަކުން ހުއްޓުވާލުމަކީ ފިނޑި އަމަލެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


0

عبدالغنى

15-Jun-2024

ދެވަނަމަގަށް " ބަރުބަރީ މަގު " ނުވަތަ " ޝާރިޢު ބަރުބަރީ " ކިޔަން ހަމަޖައްސަވާނަމަ ކިހާރަނގަޅު!



ޓްރެންޑިން