ޕޮއިސް ޕަރފިއުމްސް އިން ޚަދްލަޖް ޕަރފިއުމްސްގެ މަލިކާ ޕާފިއުމް އޮއިލް ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

ޚަދްލަޖް ޕަރފިއުމްސް އަކީ ގިނަ ބަޔަކު ލޯބި ކުރާނެ ވަސްތައް އުފެއްދުމުގެ އަޒުމުގައި 1997 ވަނަ އަހަރު ވުޖޫދަށް ގެނެވުނު ސެންޓުގެ ބްރޭންޑެކެވެ. އަދި މިހާރު މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލު ބްރޭންޑެއްވެސް މެއެވެ.

ޕޮއިސް ޕަރފިއުމްސް އިން މިފަހަރު މިވަނީ ޚަދްލަޖް ޕަރފިއުމްސްގެ މަލިކާ ރެޑް އަދި ގްރީން ތައާރަފްކޮށްފައެވެ.

ޚަދްލަޖް ޕަރފިއުމްސްގެ މަލިކާ ރެޑް ޕަރފިއުމް އޮއިލް އަކީ އޭގެ ކޮންމެ އޮއިލް ޑްރޮޕް އަކުންވެސް މީރުވަސް ދުވާ ޕަރފިއުމް އޮއިލްއެކެވެ. މި ޕަރފިއުމް އޮއިލްގައި ގްރޭޕްފްރޫޓް، ވައިލްޑް ބެރީސް، ލިލީ އޮފް ދަ ވެލީ، ޖޭސްމިން، އޮރެންޖް ބްލޮސަމް، ކޮކޮނަޓް، މަސްކް، ޕީޗް، އެޕްރިކޮޓް، އަދި ސީޑާވުޑް ފަދަ ވަސްތައް ހިމެނޭ ގޮތަށް އުފައްދާފައިވާ ކޮންސަންޓްރޭޓަޑް އޮއިލް އެކެވެ.



ޚަދްލަޖް ޕަރފިއުމްސްގެ މަލިކާ ގްރީން ޕަރފިއުމް އޮއިލް އަކީ އޭގެ މީރު ވަހުން ސީދާ ފްލޯރަލް ފުރުޓީ ވަހެއް އެކުލެވޭ ޕަރފިއުމް އޮއިލް އެކެވެ. މި ޕަރފިއުމް އޮއިލްގައި އެޕަލް، ބްލެކް ކަރަންޓް، ގްރޭޕްފްރޫޓް، ލިޗީ، ރާސްބެރީ، ޖޭސްމީން، ވެނީލާ، އަދި މަސްކް ފަދަ ވަސްތައް ހިމެނެއެވެ. މި ފަދަ ވަސްތައް އެކުލެވޭ ޕާރފިއުމްސް އަދި ޕާރފިއުމްސް އޮއިލްއަކީ ދިވެހި އެކި އުމުރު ފުރާއެއްގެ އަންހެން ކަނބަލުންގެ މެދުގައި ވަރަށް މަޤުބޫލު ވަސްތަކެކެވެ.

ޚަދްލަޖް ޕަރފިއުމްސްގެ މަލިކާ ރެޑް އަދި ގްރީން ޕަރފިއުމް އޮއިލް މިހާރު ޕޮއިސް ޕަރފިއުމްސް އިން ލިބެން ހުރިއިރު، މި ޕަރފިއުމް އޮއިލް ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށްވެސް ގަންނަން ލިބޭނެއެވެ. މަލިކާ ރެޑް އަދި ގްރީން ޕަރފިއުމް އޮއިލް ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ގަތުމަށް މާލެ މަޖީދީ މަގުގެ ރަށްދެބައި މަގު ކައިރީ ގާއިމުކޮށްފައިހުރި ޕޮއިސް ޕަރފިއުމްސް ފިހާރަ ނުވަތަ، ހުޅުމާލެ، ނިރޮޅުމަގު ލޮޓް ނަންބަރު 10421 ގައި ގާއިމުކޮށްފައިހުރި ޕޮއިސް ޕަރފިއުމްސް ފިހާރަ އިޚުތިޔާރުކޮށްލެވޭނެއެވެ.



ޕޮއިސް ޕާރފިއުމްސް ފިހާރައިން ވިއްކާ ތަކެތީގެ މައުލޫމާތު ހޯއްދެވުމަށް، މާލެ ފިހާރަ ފޯން ނަންބަރު 9151155، ނުވަތަ، ހުޅުމާލެ ފިހާރަ ފޯން ނަންބަރު 9131155 އާއި ގުޅާލެވޭނެއެވެ. އަދި ޕޮއިސް ޕާރފިއުމްސް އިން ހޯލްސޭލްކޮށް މުދާ ބައްލަވައިގަތުމަށް 7556699 ނަންބަރަށް ގުޅާލުމުން އެކަން ހަމަޖެހިގެންދާނެއެވެ.

މީގެ އިތުރުން ޕޮއިސް ޕާރފިއުމްސްގެ ފޭސްބުކް ޕޭޖް އަދި އިންސްޓަގްރާމް މެދުވެރިކޮށް ޕޮއިސް ޕާރފިއުމްސް ފިހާރައިން ވިއްކާ ތަކެތީގެ މައުލޫމާތު ހޯދާލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން