އއ އަތޮޅުން ފެށިގެން ތ އަތޮޅަށް، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ.

މިރޭ 21:30 އިން ފެށިގެން މެންދަމު 1:30 އާ ހަމައަށް އއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

މި ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓުން ލަފާ ކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.



މޫސުން ގޯސްވެ މިއަދު ހަވީރު މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް މިއަދާއި މިރޭ ވިއްސާރަ ކުރާނެ ކަމަށްވެސް ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން