އެއާޕޯޓު އެމްޑީގެ ކާރު ވަގަށް ގެންދިޔަ މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އެމްއޭސީއެލް އެމްޑީގެ ވެހިކަލް ވަގަށް ނެގި މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކިތައް މީހުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސެކިއުރިޓީ ހުއްދައަކާއެކު މެނުވީ ނުވަދެވޭ ސަރަހައްދެއްގައި އޮއްވައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ ވެހިކަލް ވަގަށް ގެންގޮސްފައިވާކަން މީޑިއާއަށް ތިލަވީ މިދިޔަ ހަފްތާގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވެހިކަލް ގެންގޮސްފައި ވަނީ ނަންބަރު ބޯޑު ބަދަލުކޮށްގެންނެވެ.

އެ ވެހިކަލް ފެނުނު ތަނުން އެއާޕޯޓުން ކުރިން ގެއްލިފައިވާ އިމިގްރޭޝަންގެ ވެހިކަލެއް ވެސް ވަނީ ފެނިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން