އޮފީހެއްގެ މުދަލަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގދ ތިނަދޫ ސަކީނާ މަންޒިލް އުމުރުން 34 އަހަރުގެ އިބްރާހީމް ނާޝިދު ހޯދަމުން ދަނީ އޮފީހެއްގެ މުދަލަށް ގެއްލުންދީ އެތަނުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށްކަމަށެވެ.

އެ މައްސަލައިގެ ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ، މައްސަލައިގެ ތަހުޤީގަށް މީނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 8:30 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން އިމާރާތައް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް ފުލުހުން ވަނީ އާންމުކޮށް އިޢުލާނު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން