ހުޅުމާލެ
ހުޅުމާލެ
މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ހަރުކޮށްފައިހުރި ކެންވަސްތައް ނެގުމަށް އެޗްޑީސީން އިލްތިމާސް ކޮށްފިއެވެ.

އެޗްޑީސީން މިއަދު ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އެ ކޯޕަރޭޝަނުން ހުރިހައި ކެންޑިޓޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކެމްޕެއިން ބެނާއާއި ކެންވަސް ޖެހުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެނާ އާއި ކެންވަސް ޖަހާފައިވާ ކަމަށެވެ.

އާއްމު އިންތިހާބުތަކާ ގުޅިގެން ހުޅުމާލޭގެ މަގުތަކުގައި ބެނާ އާއި ކެންވަސް ޖެހުމުގެ ފުރުސަތު ހުޅުވާލިކަމުގައި ވިޔަސް، މަގުތަކުގައި ޖަހާ ކެންވަސް އާއި ބެނާތަކުގެ ސަބަބުން، މަގު ބޭނުން ކުރާ އާއްމު ފަރާތްތަކަށް ދަތިކަން ފޯރާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެހެންކަމުން މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ބޭނުމަށް ޖަހާފައިވާ ބެނާތަކާއި ކެންވަސްތައް މިއަދުން ފެށިގެން ކުރިއަށް އޮތް 1 ހަފްތާ ތެރޭގައި ނަގައިދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

އެޗްޑީސީން އިތުރަށް ބުނީ، އެފަދަ ކަންކަމުގައި ހުރިހާ ފަރާތްތަކުންވެސް އެ ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން