ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޒިޔާދު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.

ފުލުހުންގެ ހިދުމަތުގައި 26 އަހަރު ޚިދުމަތް ކުރަށްވާފައިވާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޒިޔާދު، 44، ނިޔާވީ ގޭގައި ހުއްޓައި ކުއްލިއަކަށް ވެއްޓި، ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މަރުޙޫމް ޒިޔާދަކީ ފުލުހުންގެ އެކި ތަމްރީނުތަކުގައި ކިޔަވައިދެއްވި މުދައްބިރެކެވެ. އޭނާގެ ޚާއްސަ ދާއިރާއަކީ މޫދާއި ގުޅުންހުރި ތަމްރީންތަކެވެ.

ނިޔާވިއިރު ޒިޔާދު ހުންނެވީ ފުލުހުންގެ ކޮމާންޑު ސެންޓަރުގައި ޑިއުޓީ އޮފިސަރަކަށެވެ. ޒިޔާދު ވަނީ މެރިން ޕޮލިހާއި އެސްއޯ ޑިޕާޓްމަންޓުގައިވެސް މީގެ ކުރިން މަސައްކަތް ކޮށްފަ އެވެ.

މަރުޙޫމް ޒިޔާދުގެ އާއިލާއަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.

މަރުޙޫމް ޒިޔާދުގެ ކަށު ނަމާދު ބާއްވަން ހަމަޖައްސާފައި ވަނީ މިއަދުގެ އަސްރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން