ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލުހުކުމުން މިނިވަންވެވަޑައިގެންނެވުމުން، ޢަބްދުއްރަހީމް ޢަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމް މިއަދު ހައިކޯޓުން ބާތިލުކުރުމާއި ގުޅިގެން ޢަބްދުއްރަހީމް އެކްސްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަމަށް މިއަދު ސާބިތުކޮށްދެއްވައިފި ކަމަށެވެ.

ޢަބްދުއްރަހީމް ވިދާޅުވީ، ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި އަދުލު އިންސާފު ލިބޭނެކަން ރައީސް ކަށަވަރު ކޮށްދެއްވައިފި ކަމަށެވެ.

އަދި ޝަރުއީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީއަތް ކުރުމުގެ ފުރުސަތު އޮތް ދާއިރާއެއްކަން ޔަގީންކޮށް ދެއްވައިފި ކަމަށާއި ދިވެހީން ބޭނުންވަނީ ރައީސް މުޢިއްޒުފަދަ ބަހާ އަމަލު ދިމާވާ ވެރިއެއްކަމަށް ވެސް ޢަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ޢަބްދުއްރަހީމްގެ ޕޯސްޓްގައިވަނީ ޔާމީން މިނިވަންވި ހަބަރުގެ ސްކްރީންޝޮޓްތަކެއް ހިމަނުއްވާފައެވެ. ނަމަވެސް، ޔާމީން މިނިވަންވެވަޑައިގެންނެވުމުން އަބްދުއްރަހީމް އެމަނިކުފާނަށް މަރުހަބާ ކިޔާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރުން ފެށިގެން ރައީސް ޔާމީނާއި ޢަބްދުއްރަހީމާއި ދެމެދު ޖެހުނު މައްސަލައަށްފަހު ރައީސް ޔާމީން ގެންދަވަނީ އެމަނިކުފާނުގެ ވާހަކަފުޅުތަކުގައި ވަރަށްބޮޑަށް ޢަބްދުއްރަހީމަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން، މިރޭ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވެސް ޔާމީންވަނީ، ހިސާބު ޖައްސަވާ ބޭފުޅަކީ ޢަބްދުއްރަހީމް ކަމަށާއި ޕީއެންއެފަށް ލިބޭނެ ގޮނޑީގެ އަދަދު އެނގޭނީ ވެސް އޭނާއަށްކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން