ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ.

ވާރޭ ވެހުނު ނަމަވެސް ވައި މަޑުވާނެ ކަމަށާއި ވައި ޖެހޭނީ 5 މޭލާއި 15 މޭލުގެ ބާރުމިނެއްގައި ކަމަށް މޫސުމާ ބެހޭ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އާދައިގެ ވަރަކަށް ކަނޑުތައް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓުން ބުނީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން ދަނީ ދެމޫސުން ބެދޭތީ ކުރާ ވިއްސާރައެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން