ހުޅުމާލޭގައި 2 މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ހަވާލުކޮށްފި އެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި މިސްކިތެއް ބިނާ ކުރުމަށާއި، ހުޅުމާލޭ 3 ވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުރުމަށް ބޭނުންވާ ބިން އިސްލާމިކް މިނިސްޓްރީއަށް ޙަވާލުކޮށްފައިވާ ކަމަށެވެ.

މިސްކިތް ބިނާކުރުމަށް ހުޅުމާލޭ 2 ވަނަ ފިޔަވަހިން ދޫކޮށްފައިވަނީ 27،920 އަކަފޫޓުގެ ބިމެކެވެ. އަދި ހުޅުމާލޭ 3 ވަނަ ފިޔަވަހިން ދޫކޮށްފައި ވަނީ 21،952 އަކަފޫޓޫގެ ބިމެކެވެ.

މިސްކިތް ބިނާކުރުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.

ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން