ކަރަން ޖޯހަރްގެ ސްޓޫޑަންޓް އޮފް ދަ އިޔަރ ގެ 3 ވަނަ ބައި ވެބް ސީރީޒްްއެއްގެ ގޮތުގައި ރިލީޒް ކުރަން ނިންމައިފިއެވެ.

ނަމަވެސް ކަރަން ގެ ޕްރޮޑަކްޝަން ހައުސްގެ ބަދަލުގައި ސްޓޫޑަންޓް އޮފް ދަ އިޔަރ 3 ޑައިރެކްޓް ކުރާނީ ނޮކްޓާރނަލް ބާރގާ ޑައިރެކްޓް ކުރި ރީމާ މާޔާއެވެ. މިކަމާ ގުޅިގެން ކަރަން ޖޯހަރް ދިން އިންޓަރވިޔުއެއްގައި މި ސީރީޒްގެ ހުރިހާ ކަމެއް ކުރާނީ ރީމާ ކަމަށާއި ކަރަންގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށް ބުނެފައިވެއެވެ.

ސްޓޫޑަންޓް އޮފް ދަ އިޔަރ 3 ގެ ބަތަލާއެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ އަލަށް ފިލްމީ ދާއިރާއަށް ނުކުންނަ ޝަނާޔާ ކަޕޫރއެވެ. ސްޓީޑަންޓް އޮފް ދަ އިޔަރ ފްރެންޗައިޒްއަކީ ވަރަށް ގިނަ ތަރިންގެ ފުރަތަމަ ފިލްމެވެ. އެގޮތުން ފިލްމީ ދާއިރާ އަށް އަލަށް ތައާރަފްވި ފާހަގަ ކޮށްލެވޭ ތަރިންގެ ތެރެއިން، ވަރުން ދަވަން، އާލިއާ ބަޓް، އަދި ސިދާތު މަލޯތުރާ ސްޓޫޑަންޓް އޮފް ދަ އިޔަރ ގެ ފުރަތަމަ ފިލްމުން ފެނިގެން ދިޔައެވެ،

ސްޓޫޑަންޓް އޮފް ދަ އިޔަރ 2 ގައި ޓައިގަރ ޝްރޮފް އާއިއެކު ފިލްމީ ދާއިރާ އަށް އަލަށް ތައާރަފްވި އަނަންނިޔާ ޕާންޑޭ، އަދި ތާރާ ސުތާރިޔާ ވެސް ފާހަގަކޮށްލެވެއެވެ.

މިވަގުތު ސްޓޫޑަންޓް އޮފް ދަ އިޔަރ 3 ސީރީޒް އޮތީ ޕްރީ ޕްރޮޑަކްޝަން ސްޓޭޖް ގައެވެ. ރިޕޯޓުތައް ބުނާގޮތުން ސީރީޒްގެ ޝޫޓިންގ ފެއްޓޭނެކަމަށް ލަފާކުރެވެނީ ޑިސެމްބަރު މަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން