ޢަރަބި ބަހުން މަލްފޫފް މާނަ ކުރާނަމަ އެއީ "ކެބެޖް ރޯލް" އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކެބެޖް ރޯލް އެކި ގޮތަށް ހެދި ނަމަވެސް، މަލްފޫފް މިއީ ސްޓަފްޑް ކެބެޖްގެ ލުބުނާނުގެ ވަރޝަން އެވެ.
މަލްފޫފް އަކީ ގްރައުންޑް ބީފް އަދި ހަނޑުލާއެއްކޮށް ހަދާ މަސްގަނޑެއް ކެބެޖުގައި ރޯލްކޮށް، ލޮނުމެދާއި ލުނބޯ ހުތް އަޅައި ތައްޔާރުކުރާ މީރު ބްރޮތެއް ނުވަތަ ސޫޕެއްގައި ކައްކާ އެއްޗެކެވެ.
ބޭނުންވާ ތަކެތި:
1 ކެބެޖު
ފެން
5 ސައިސަމުސާ ލޮނު
2 ކަޕް ހަނޑޫ
500ގ ގްރައުންޑް ބީފް
1 ފިޔާ (ޗޮޕް ކޮށްފަ)
8 ލޮނުމެދު (ޗަސްކޮށްފަ)
1 ސައިސަމުސާ މުގުރި ފޮނިތޮށި
½ ސައިސަމުސާ މުގުރި ކަރަންފޫ
½ ސައިސަމުސާ މުގުރި ނަޓްމެގް
½ ސައިސަމުސާ މުގުރި އަސޭމިރުސް
2 ކިއުބް ޗިކަން ސްޓޮކް
6 ލުނބޮލުގެ ހުތް
¼ ކަޕް އޮލިވް އޮއިލް
2 ސައިސަމުސާ ޑްރައިޑް މިންޓް
8 ލޮނުމެދު
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ކެބެޖު ތައްޔާރުކޮށްލުމަށް ވައްކޮށް އޮތް ކެބެޖުގެ ރޫފަ ނުގެއްލޭނެހެން ކެބެޖުގެ މޫގަނޑު ނަގާ ސާފުކޮށްލާށެވެ. އެއަށްފަހު ތެއްޔަކަށް ފެނާއި ލޮނު ސައިސަމްސަލެއް އަޅައި އުދާލާށެވެ. ބޮކި އަރާ ފެން ކެކެން ފެށުމުން ގިނި މަޑުކޮށްފައި ކެބެޖު މަޑުވަންދެން ކައްކާށެވެ. ކެބެޖު މަޑުވަން ފެށުމުން ނިކަން ރީތިކޮށް ފަތްތައް ވަކި ވަކި ކޮށްލެވޭނެއެވެ. ކެބެޖުގެ ފަތްތައް މަޑުވެ ވަކިކުރެވެން ފެށުމުން އުނދުން ނިއްވާލައި، ފަތްތައް ވަކިކޮށް ޓްރޭއެއްގައި ތުވާލިކޮޅެއް ބާއްވައި އޭގެ މަތީގައި ކެބެޖުގެ ފަތްތައް ވަކި ވަކިކޮށް އަތުރާލާށެވެ.
ދެން ކެބެޖުގެ ފިލިންގ ތައްޔާރުކޮށްލާށެވެ. ފިލިންގ ތައްޔާރުކޮށްލުމަށް ކޮށާފައި ހުރި ފިޔާ، ޗަސްކޮށްފައި ހުރި ލޮނުމެދު، ގްރައުންޑް ބީފް، އަދި މުގުރި ފޮނިތޮށި، ނަޓްމެގް، ކަރަންފޫ، އަދި އަސޭމިރުސްކޮޅު އެއްކޮށްލާށެވެ. ދެން ހަނޑޫ ރީއްޗަށް ދޮވެލުމަށްފަހު، ހަނޑޫވެސް މޮޑުނު ބީފްގެ މަސްގަނޑާ އެއްކޮށްލާށެވެ. ފިލިންގ ތައްޔާރުކޮށް ނިމުމުން ކެބެޖު ފަހަރަކު ފަތެއް ނަގައި، ފަތުތެރެއަށް ތައްޔާރު ފިލިންގ ގެ މޭޒުމަތީ ސަމްސަލެއް ވަރު އަޅައި ފަތް ރޯލް ކޮށްލާށެވެ.
ދެން ތައްޔާރުކޮށްފައިވާ ކެބެޖް ރޯލްތައް ތަތްނުލަވާ ތެއްޔެއްގައި ލޮނުމެދާއިއެކު އަތުރާލާށެވެ. ކެބެޖު ރޯލްތައް އަތުރާލުމުގެ ކުރިން ތެލީ ފުލުގައި ތެޔޮ ކޮޅެއް ކާއްތާ ލުމަށްފަހު، ފެނުކެއްކި ކެބެޖުގެ ދެތިން ފަތް ތެލި ފޫ ފޮރުވޭވަރަށް އަތުރާލާށެވެ. ދެން ތައްޔާރުކުރާނީ ކެބެޖު ރޯލް ކައްކަން ބޭނުންވާ ބްރޮތު ނުވަތަ ސޫޕް އެވެ. މި ތައްޔާރުކޮށްލުމަށް 6 ތަށީ ފެނާއި، ޗިކަން ސްޓޮކް، ލުނބޯ ހުތް، އަދި 2 ސައިސަމުސާ ލޮނު އެއްކޮށްލައި، ތެލީގައި އަތުރާލާފައި ހުރި ކެބެޖު ރޯލްތައް މައްޗަށް އަޅާލުމަށްފަހު، ޑްރައިޑް މިންޓް ލީވްސް ކޮޅު އެޅުމަށް ފަހު ހުރިހާ އެއްޗެއްގެ މަތީން ކެބެޖް ރޯލްސްތައް ފިތޭވަރަށް، ފަތައިކޮށް ހުންނަ ތައްޓެއް ބޭއްވުމަށްފަހު ކައްކަން އުދާށެވެ.
ކެބެޖް ރޯލްސް ތެރެއަށް އެޅި ރޯ ގެރިމަހާއި، ހަނޑޫ ރޯފިލަންދެން ކެއްކުން މުހިންމެވެ. އެހެންކަމުން އުނދުން މަތީ މަޑު ގިނީގައި ގާތް ގަނޑަކަށް އެއްގަޑީރާއި ތިރީސް މިނެޓުވަންދެން ކެއްކުމަށް ގިނަ ޝެފުން ލަފާދެއެވެ. ތެލި އުނދުން މަތިން ނަގާނީ ޓެސްޓުކޮށްލުމަށް އެއް ކެބެޖު ރޯލް ނަގައި ބެލުމަށް ފަހުއެވެ.
ކެބެޖު ރޯލް ސަރވް ކުރާއިރު ޔޯގަރޓް ނުވަތަ އިތުރު ސޯސް އަކާއި ނުލައިވެސް ސަރވް ކުރެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު