ގަތަރުން ދުނިޔޭގެ ސަލާމަތީ ކަންކަމުގައި މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ގޮތަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙުސާން ތައުރީފް ކުރައްވައިފިއެވެ.

ގަތަރުގައި ކުރިޔަށްދާ ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ނޫސްވެރިއެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ގަތަރަކީ މަޝްވަރާތަކާއި ދުނިޔޭގައި ހިންގަމުންދާ ހަނގުރާމައިތަކުގެ ހައްލު ހޯދުމުގައި މެދުވެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ގައުމެއްކަމަށެވެ. އަދި ދުނިޔޭގައި ހަނގުރާމަތައް މަދުކުރުމަށް ގަތަރުންވެފައި ވައުދުތަކަކީ ތައުރީފް ހައްގު ވައުދެއްކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ގަތަރުން ވަނީ ޣައްޒާގައި ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނޭ ކަމަށް ބުނެފައެވެ. އަދި މެދުއިރުމަތީގައި ސުލްހަ ދެމެހެއްޓުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނޭ ކަމަށްވެސް ގަތަރުން ބުނެފައި ވެއެވެ.

މި އަހަރުގެ ގްލޯބަލް ސެކިއުރިޓީ ފޯރަމް ކުރިޔަށް ދަނީ މެއި 20 އިން 22 އަށެވެ. މި ފޯރަމްގެ ތީމަކީ ސްޓްރެޓަޖިކް ކޮމްޕެޓިޝަން: ދަ ކޮމްޕްލެކްސިޓީ އޮފް އިންޓަރޑިޕެންޑެންސްއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން