ސައުދީ އަރަބިއްޔާއިން ފުރަތަމަ ފަހަރަށް މިސް ޔުނިވާރސްގައި ބައިވެރި ވާން ނިންމައިފިއެވެ.

މިކަން އިއުލާނުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ފަރާތުން އެ މުބާރާތުގައި ބައިވެރިވާ ރޫމީ އަލްކަހްތާނީގެ އިންސްޓަގްރާމްގައެވެ.

"މިސް ޔުނިވާރސް 2024 ގައި ޝަރަފްވެރިކަމާއެކު ބައިވެރިވަން، މިއީ ސައުދީ އަރަބިއްޔާއިން މިސް ޔުނިވާރސް މުބާރާތުގައި ބައިވެރިވާ ފުރަތަމަ ފަހަރު." ރޫމީ އޭނާގެ އެއް މިލިޔަން ފޮލޮވަރުންނާ އެވާހަކަ ހިއްސާ ކުރަމުން ބުނެފައި ވެއެވެ.

ރޫމީ އަކީ ރީތީގެ ރާނީގެ މުބާރާތްތަކަށް އާ މޫނެއް ނޫނެވެ. އޭނާ އަކީ މިސް ސައުދީ އަރަބިއްޔާ، މިސް މިޑްލް އީސްޓް އަދި މިސް އަރަބް ވޯރލްޑް ޕީސް ކާމިޔާބު ކޮށްފައިވާ ފަރާތެކެވެ. އަދި މެލޭޝިޔާގައި އެންމެ ފަހުން ބޭއްވި މިސް އެންޑް މިސިސް ގްލޯބަލް އޭޝިޔަންގައި ވެސް އޭނާ ވަނީ ބައިވެރިވެފައެވެ.

2023ގައި މިސް ޔުނިވާރސްގެ ތާޖު ލިބިފައިވަނީ ނިކަރާގުއާގެ ޝެއްނިސް ޕަލާސިއޮސް އަށެވެ. 2024ގެ މިސް ޔުނިވާރސް ބާއްވަން ހަމަޖެހިފައިވަނީ މެކްސިކޯގައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޟޯޑު

01-Apr-2024

ކޮންފަދަ ހިތާމަވެރި ދުވަހެއް



ޓްރެންޑިން