މާޝާ މިދުހަތު   27 މާރިޗު 2024 - 13:18
ޝަރްބަތޭ މުހައްބަތަކީ ހޫނު މޫސުމުގައި މުސްކުޅި ދިއްލީގެ ފިހާރަތަކުގައި މަޝްހޫރު ބުއިމެކެވެ. ޝަރްބަތޭ މުހައްބަތު، ދިވެހި ބަހުން ބުނާނަމަ މިއީ ލޯބީގެ ޝަރުބަތެކެވެ.

ޝަރްބަތޭ މުހައްބަތު ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

2 ކަޕް ފުލް ކްރީމް މިލްކް

6 މޭޒު މަތީ ސަމުސާ ރޯޒް ސިރަޕް (ރަހަ ގަދަ ކޮށްލަން ބޭނުންނަމަ، އިތުރަށް އެޅިދާނެ)

1⁄4 ކަޕް ހަކުރު

1 ކަޕް ކަރާ، ކުދިކޮށް ކޮށާފައި

2 ކަޕް އައިސް ކިއުބްސް

1/2 ސައިސަމުސާ މުގުރި ކާފޫރު ތޮޅި

ޝަރްބަތޭ މުހައްބަތު ތައްޔާރު ކުރާނޭގޮތް:

ޝަރުބަތު ގިރުމަށް ޖަގަކަށް ކިރާއި، ރޯސިރަޕް އަދި ހަކުރު އަޅައި، ހަކުރު އެއްކޮށް ގިރެންދެން މިކްސްކޮށްލާށެވެ. ދެން ކޮށާފައި ހުރި ކަރާ ކޮޅާއި، މުގުރި ކާފޫރު ތޮޅި އަދި އައިސް ކިއުބްސް އަޅައި އެއްކޮށްލާށެވެ. މި ބުއިން ސަރވް ކުރަން ތައްޓަކަށް އަޅާއިރު، ގާނިޝްކޮށްލުމަށް، ކުދިކޮށް ކޮށާފައި ހުރި ކަރާ، ފިނިފެންމާ، ނުވަތަ އައިސް ކްރީމްވެސް ބޭނުންކުރެވިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން