ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ އިންވެސްޓިގޭޝަނާއި ގުޅޭ މައުލޫމާތު ވަރަށް އަވަހަށް ސީބީއައި އިން ހިއްސާ ކުރާނެ ކަމަށް ސުޝާންތުގެ ދައްތަ ބުނެފިއެވެ.

ސުޝާންތުގެ ދައްތަ ޝްވެތާ ސިންގް ކީރްތީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސުޝާންތުގެ މަރުގެ އިންވެސްޓިގޭޝަން އާއި ބެހޭގޮތުން ސީބީއައި އާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށާއި، އަދި ސުޝާންތުގެ މަރުގެ އިންވެސްޓިގޭޝަން ކޭސް އާއި ގުޅޭ ތަފްސީލީ މައުލޫމާތު ސީބީއައި އިން ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށެވެ.

34 އަހަރުގެ ސުޝާންތު އޭނާގެ އެޕާރޓްމަންޓްގައި މަރުވެފައި އޮއްވާ ފެނުނީ 14 ޖޫން 2020 ގައެވެ. ސުޝާންތުގެ ކުއްލި މަރުގެ މައްސަލައިގެ ތަހުގީގު އަދިވެސް ހިނގަމުންދާއިރު، މިތަހުގީގުގެތެރެއިން ބޮލީވުޑްގެ ތަރިންތަކެއްގެ މަސްތުވާތަކެތީގެ މައްސަލަތަކެއްވެސް ފެންމަތިވެގެން ދިޔައެވެ.

ފިލްމީ ދާއިރާގައި ސުޝާންތު ސިންގް ރާޖަޕުޓް މަޝްހޫރުވީ ފިލްމް ކައި ޕޯ ޗޭ އަށްފަހުއެވެ. އޭގެ ފަހުން އެމް.އެސް ދޯނީ، ދަ އަންޓޯލްޑް ސްޓޯރީ، ކެދާރނާތް އަދި ޗިޗޯރޭ އަކީ ވެސް ސުޝާންޓްތުގެ މޮޅު އެކްޓިންގ ފެނިގެންދާ ފިލްމު ތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން