މާޝާ މިދުހަތު   13 މާރިޗު 2024 - 13:11
ބަނާނާ އެޕަލް ސްމޫތީއަކީ ތައްޔާރުކޮށްލަން ވަރަށް ފަސޭހަ، ސިއްހަތަށް ފައިދާހުރި މީރު ބުއިމެކެވެ. މިއީ ރެސްޓޯރެންޓް ސްޓައިލްއަށް ގޭގައިވެސް ތައްޔާރުކޮށްލެވޭނެ، ރޯދަ ވީއްލުމަށް އެއްވަނައިގެ ބުއިމެކެވެ.

މިފަހަރު މިގެނެސްދެނީ 3 މީހަކަށް ވާވަރަށް ބަނާނާ އެޕަލް ސްމޫތީ ތައްޔާރު ކުރާނެގޮތެވެ.

ބޭނުންވާ ތަކެތި:



2 ކަޕް ދޮންކެޔޮ ކޮށާފައި

2 ކަޕް ރަތް އާފަލު ކޮށާފައި

2 ކަޕް ޕްލެއިން ޔޯގަރޓް ނުވަތަ ފްރެޝް ކަރޑް

1 ކަޕް އައިސް ކިއުބް

1 މޭޒުމަތީ ސަމުސާ ހަކުރު

2 ސައިސަމުސާ ލުނބޯ ހުތް



ތައްޔާރު ކުރާނެގޮތް:

ބަނާނާ އެޕަލް ސްމޫތީ ތައްޔާރުކޮށްލުމަށް ބޭނުންވާ ހުރިހާ ތަކެތި ބްލެންޑަރ އަށް އަޅައި 3-2 މިނެޓު ވަންދެން ޖައްސާލާށެވެ. ދެން ފިނިކޮށްލުމަށް އައިސް އަލަމާރިއަށް ލާށެވެ. އަދި ރޯދަ ވީއްލާ ގަޑީގައި އައިސްއަލަމާރިން ނެގުމަށްފަހު ބިއްލޫރި ތަށްޓަކަށް ގިރާފައިވާ ބަނާނާ އެޕަލް ސްމޫތީ އަޅާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން