ބައިނަލްއަޤްވާމީ ވިޔަފާރީގެ ޑައިނަމިކް ލޭންޑްސްކޭޕްގައި އިތުބާރު ހުރި ޝިޕިންގ އަދި ލޮޖިސްޓިކްސް ޚިދުމަތްތަކަކީ އެންމެ މުހިންމު ޚިދުމަތްތަކެވެ. އިތުބާރު ހުރި ގައުމީ ޝިޕިން ލައިނެއް ނެތުމުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް، ދިވެހިންނާއި އެހެނިހެން ވިޔަފާރިވެރިންނަށް މިދާއިރާއިން ލުއެއް ގެނެސްދިނުމުގެ މަގުސަދުގައި އުފެދިގެން އައި މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް) އަކީ ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ ވިޔަފާރި އާއި ގުޅުވައިދީ، އިތުބާރު ހުރި ޝިޕިންގ އަދި ލޮޖިސްޓިކްސް ޚިދުމަތްތަކެއް ދިވެހި ރައްޔިތުންނަށާއި ދިވެހި ވިޔަފާރިވެރިންނަށް ފޯރުކޮށްދެމުންދާ ނަމޫނާ ބައިވެރިއެކެވެ.

އިންޓަނޭޝަނަލް ލައިނަރ ޝިޕިންގ ހިދުމަތަށް ބޮޑު ސަމާލުކަމެއް ދީގެން ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޚިދުމަތް ފޯރުކޮށްދެމުންދާ މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް) އިން ދަނީ ދިވެހިންނަށް އިތުބާރުހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ އިތުރުން، ދިވެހިންނަށް މިދާއިރާއިން ވަޒީފާގެ ފުރުސަތު އިތުރުކޮށްދޭންވެސް މަސައްކަތްކުރަމުންނެވެ. އެގޮތުން އެންމެ ތިން އަހަރުގެ ތެރޭގައި އެމްއެސްއެސްގެ މާކެޓް ގްރޯތު ވަނީ 65 އިންސައްތައަށް އަރާފައެވެ.



މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް) އިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި:

ރައްކާތެރިކަމާއެކު ކަނޑުމަގުން މުދާ އުފުލުން

ރައްކާތެރިކަމާއެކު، ޚަރަދުކުޑަކޮށް، ބައިނަލްއަގުވާމީ އެއްހަމަތަކާއިއެއްގޮތަށް އެހެން ގައުމުތަކާއި، ރާއްޖެއާއި ދެމެދު ކަނޑުމަގުން މުދާ އުފުލައިދިނުމުގެ ޚިދުމަތް ދިނުމަށް އަމާޒު ހިފާފައިވާ އެމްއެސްއެސް އިން ބޭނުންކުރަމުންދަނީ އެމްއެސްއެސް ގެލީނާ، އަދި އެމްއެސްއެސް ގްރެފީން ނަމަކަށް ކިޔާ 520 ޓީއީޔޫގެ ލޯޑިންގ ކެޕޭސިޓީއެއް ހިމެނޭ އަމިއްލަ ދެ ކަނޑު އުޅަނދެވެ.

ފްރެއިޓް ފޯވާޑިންގ

މުދާ އުފުލުމަށް ދުނިޔޭގެ މަތީ ފެންވަރުގެ ކެރިއަރުންނާއެކު ހެދިފައިވާ ޕާޓްނަރޝިޕް ތަކާއެކު ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިވެގެންދިއުމާއެކު ރާއްޖޭގެ ވިޔަފާރިވެރިންނަށް ލުއިފަސޭހަ ނިޒާމެއް ވަނީ ތައާރަފް ކުރެވިފައެވެ. މި ޚިދުމަތްތައް ޕާޝިއަން ގަލްފް، އިންޑިއަން ސަބްކޮންޓިނެންޓް، ސައުތުއީސްޓް އޭޝިއާ އިން ފެށިގެން ދުރު އިރުމައްޗާއި ނޯތުއީސްޓް، ޗައިނާ، ޖަޕާން، އަދި ޖަރުމަނުވިލާތައް ފޯރުކޮށްދެއްމުންދާއިރު، މުދާ އުފުލުމުގެ ދަތުރުތަކުގެ ޔަގީންކަން ދެމެހެއްޓުމަށްޓަކައި އެކި ކެރިއަރުންނާއެކު ކުރެވިފައިވާ އެއްބަސްވުންތަކާއިއެކު، ދަތުރު ފަށާނެ މަންޒިލާއި، ދަތުރު ނިންމަންވީ މަންޒިލް އިޚުތިޔާރު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ލައިނަރ ސާވިސް

އެމްއެސްއެސް ގެ ބަލްކް ކާގޯ ޓްރާންސްޕޯޓް ކުރުމަށް ޚާއްޞަ ޚިދުމަތްތަކެއް މިހާރު މެދުއިރުމަތިން ދުރު އިރުމައްޗާ ހިސާބަށްވެސް ލިބިގެންދާނެ އެވެ. ބްލޫ ސްކައި އަދި އެމްއެސްއެސް ގްރެފީން ދަތުރުކުރަނީ ލަންކާ އަދި ދިވެހިރާއްޖެ ދެމެދުއެވެ. އެމްއެސްއެސް ގެލީނާ ދަތުރުކުރަނީ އިންޑިއާ އަދި ދިވެހިރާއްޖެ އާއި ދެމެދުއެވެ. އެމްއެސްއެސް ކްރޯމް ދަތުރުކުރަނީ މާލެއާއި ޔޫއޭއީ އާއި ދެމެދުއެވެ. އަދި މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެމްއެސްއެސް އިން ވަނީ ބަލްކް ކާގޯ އިމްޕޯޓް ކުރުން އިތުރުކޮށްފައެވެ. އެގޮތުން އެމްއެސްއެސް އިން 2020 ވަނަ އަހަރު ޖުމްލަ 2،793 ޓީއީޔޫ އެތެރެކޮށްފައިވާއިރު 2023 ވަނަ އަހަރު 22،596 ޓީއީޔޫ އެތެރެކޮށްފައިވެ އެވެ.

ޝިޕިންގ ސާވިސް އެޖެންސީ

ޝިޕް ހެންޑްލިންގ، ބަންކަރިންގ، އަދި ކްރޫ ބަދަލުކުރުން ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު، ޚަރަދު ކުޑަ ޝިޕިންގ އެޖެންސީ ސޮލިއުޝަންތައް އެމްއެސްއެސް އިން އިތުބާރާއެކު ފޯރުކޮށްދިނުމަކީ ވިޔަފާރިވެރިންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެކެވެ.



މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ޚިދުމަތް ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއަށް

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ޚިދުމަތް ފުޅާކޮށް ރާއްޖޭގެ އެންމެ ދެކުނުގެ އައްޑޫ ސިޓީއަށް ޚިދުމަތް ދިނުމަށް މިހާރުވަނީ ފަށާފައެވެ. އެގޮތުން އައްޑޫ އަށް ޝިޕިންގް ޚިދުމަތް ފޯރުކޮށްދޭ އެމްއެސްއެސް އޯޕަލް އިން ރާއްޖޭން ބޭރުން އައްޑޫ އަތޮޅަށް މުދާ އުފުލުމުގެ ޚިދުމަތް ފަސޭހަކަމާއެކު މިހާރު ލިބިގެންދާނެއެވެ. ހަމައެއާއެކު އައްޑޫގެ ވިޔަފާރިވެރިން މާލެއިން ގަންނަ މުދާ އެބޯޓުން އައްޑޫއަށް ގެންގޮސް ދޭނެއެވެ. އެމްއެސްއެސް އޯޕަލް އަކީ 105 ކޮންޓެއިނާ އުފުލުމުގެ ގާބިލްކަން ލިބިފައިވާ، ދިގުމިނުގައި 67 މީޓަރު ހުރި 3.2 މީޓަރުގެ ޑްރާފްޓްގެ ބޯޓެކެވެ. ސިމެންތި ވެސް އުފުލޭ މި ބޯޓަކީ 1553 ޓަނުގެ ޑެޑްވެއިޓް އުފުލޭ ބޯޓެކެވެ. މި ބޯޓަކީ ބައިނަލްއަގްވާމީ ބާޒާރުން އައްޑޫއަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު އައްޑޫއަށް ގެންދިއުމާއި އަދި މާލެއިން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެންދިއުމަށް ބޭނުންކުރާ އެމްއެސްއެސްގެ އުޅަނދެކެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައި ހިދުމަތްދޭން ފެށި މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން