ފެބިޔުލަސް ލައިފް އޮފް ބޮލީވުޑް ވައިވްސް ސީޒަން ތިނަކަށް ރަންބީރު ކަޕޫރުގެ ދައްތަ ރިދީމާ ކަޕޫރު ސާހްނީ ގުޅޭނެ ކަން ރިޕޯޓުކޮށްފިއެވެ.

ނެޓްފްލިކްސް ގެ ފެބިޔުލަސް ލައިފް އޮފް ބޮލީވުޑް ވައިވްސް އަކީ އެމެރިކަން ޓީވީ ޝޯވ ދަ ރިއަލް ހައުސްވައިފްސް އަސްލަކަށް ބަލައިގެން ގެނެސްދޭ ސީރީޒް އެކެވެ. ފެބިޔުލަސް ލައިފް އޮފް ބޮލީވުޑް ވައިވްސްގެ ދެ ސީޒަން މިހާތަނަށް ރިލީޒްކޮށްފައިވާއިރު، މި ޝޯގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ސަމީރު ސޯނީ، ސަންޖޭ ކަޕޫރު، ޗަންކީ ޕާންޑޭ ގެ އަންހެނުން އަދި ސޯހައިލް ޚާން ކުރީގެ އަންހެނުން، ނީލަމް ކޮތަރީ، މަހީޕް ކަޕޫރު، ބަވްނާ ޕާންޑޭ އަދި ސީމާ ކިރަން ސާޖްދޭ ގެ އަމިއްލަ ދިރިއުޅުމަށެވެ.

މި ޝޯވް ގެ ތިންވަނަ ސީޒަން މިހާރު އިއުލާންކޮށްފައިވާއިރު، މިސީޒަނުގައި ރަންބީރު ކަޕޫރުގެ ދައްތަ ރިދީމާ ކަޕޫރު ސާހްނީ ގެ އިތުރުން ޝާލިނީ ޕާސީ އަދި ކަލްޔާނީ ސާހާ ޗަވްލާ ފެނިގެން ދާނެއެވެ. ޝާލިނީ ޕާސީ އަކީ ޕާސްކޯ ގްރޫޕްގެ ޗެއާމަން ސަންޖޭ ޕާސީގެ އަންހެނުންނެވެ. އަދި ވިޔަފާރި ވެރިޔާ ކަލްޔާނީ ސާހާ ޗަވްލާ އަދީ މަޝްހޫރު ޑިއޯރ ބްރޭންޑުގެ މާކެޓިންގެ ކުރީގެ ވީޕީއެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން