ޗައިނާގެ އީސްޓަން އެއާލައިނުން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި އެވެ.

އީސްޓަން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ޖައްސައިފަ އެވެ.

އެ ބޯޓު ޖެއްސުމާއެކު މަރުހަބާ ކިއުމުގެ ގޮތުން ވަނީ ވޯޓާ ސެލިއުޓެއް ވެސް އަރުވައިފަ އެވެ.

އީސްޓަން އެއާލައިނުން ރާއްޖެއަށް ދަތުރުތައް މެދުކަނޑާލީ ކޮވިޑުގެ އާލަމީ ވަބާއާ ގުޅިގެން ނެވެ.

އެ ފްލައިޓް ޖެއްސުމަށް ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެެވެ. އެ ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލްގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާންގް ލީޝިން އަދި ސަރުކާރުގެ އިސް ވުޒާރާތަކުގެ ވެރިން ވަނީ ބައިވެރިވެފައެވެ.

ޗައިނާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ މުހިންމު އެއް މާކެޓެވެ. ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.

މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށް ވަނީ 187،125 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި މި އަހަރު އެއަދަދު އެތައް ގުނައެއް އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން