މާލީ ވުޒާރާގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް
މާލީ ވުޒާރާގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް
މާލީ ވުޒާރާގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

9 އަހަރަށްވުރެ ގިނަ ދުވަހު މާލީ ވުޒާރާއަށް ޚިދުމަތް ކުރެއްވުމަށްފަހު ސަރުވަޝް އިސްތިއުފާ ދެއްވާފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިއްޔެ ވަނީ ހާމަކޮށްފައެވެ.

ސަރުވަޝް މަގާމުން އިސްތިއުފާ ދެއްވި ސީދާ ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ. މަޤާމުން އިސްތިއުފާ ދެއްވިއިރު ސަރުވަޝް ހުންނެވީ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ އިތުރުން ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގަ އެވެ.



އިގްތިސާދީ ކުރިއެރުމާއި ޕޮލިސީ އެނަލިސިސްގެ ދާއިރާއިން އިނގިރޭސިވިލާތުން މަތީ ތައުލީމު ހާސިލްކުރެއްވި ސަރުވަޝް މީގެ ކުރިން ވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޗެއާޕާސަންގެ މަގާމުގެ އިތުރުން، އެމްއެމްއޭގެ ބޯޑު މެންބަރުކަން ވެސް އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން