ފާތިމަތު ނަޒީފާ އަޙްމަދު   21 ފެބްރުއަރީ 2024 - 22:27
ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަހީރު އައްޔަނުކޮށްފިއެވެ.

ޝަހީރު މި މަގާމަށް އައްޔަނު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެސްޓީއޯއަށް 29 އަހަރު ހިދުމަތް ކުރެއްވި ޝަހީރު ވަނީ 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ. ޝަހީރު އެ މަގާމުން އިސްތިއުފާ ދެއްވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ފެނަކައިގެ ޗެއާމަނަކަށް ޝަހީރު އައްޔަނު ކޮށްފައި ވާއިރު، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މުއާޒު މުހައްމަދު ރަޝީދެވެ.



ކިޔުންތެރިންގެ ހިޔާލު