ކެންސަސް ސިޓީ ޗީފްސްގެ ސުޕަ ބޯލް ކާމިޔާބީ ފާހަގަކުރުމުގެ ހަފްލާގައި މަރުވި އަންހެނެއްގެ އާއިލާއަށް، މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް 100،000 ޑޮލަރު ހަދިޔާކޮށްފިއެވެ.

މިހަފްލާގައި ދިން ބަޑީގެ ހަމަލާގެ ހާދިސާގައި ލޯކަލް ރޭޑިއޯ ޑީޖޭއެއް ކަމަށްވާ ލީސާ ލޮޕޭޒް-ގަލްވާން މަރުވެފައިވާއިރު، މިހަަމަލާގައި 20 ށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ.

ބުދަ ދުވަހު ދިން މިހަމަލާއާއި ގުޅިގެން ދެކުދިން ހިމެނޭ ގޮތަށް ތިން މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ހަފްތާ ބަންދުގައި ސުޕަ ބޯލް ކާމިޔާބުކުރުމަށް ފަހު ލޯބިވެރިޔާ ޓްރެވިސް ކެލްސޭ އާއެކު ކެންސަސް ސިޓީގައި އުފާފާޅުކުރުމަށް ދިޔަ ސްވިފްޓް ވަނީ ގޯފަންޑްމީ ޕޭޖެއްގައި މެސެޖެއް މެދުވެރިކޮށް ހަމަލާގައި މަރުވި ލޮޕޭޒް-ގަލްވާންގެ އާއިލާއާ ތައުޒިޔާގެ މެސެޖެއްވެސް ފޮނުވާފަ އެވެ.



ކެންސަސް ސިޓީ ޗީފްސްގެ ސުޕަ ބޯލް ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބޭއްވި ޕެރޭޑަކީ މިދިޔަ ފަސް އަހަރު ތެރޭގައި ޗީފްސް އިން ސުޕަ ބޯލް ކުޅުނު ތިން ވަނަފަހަރާއި މިމުބާރާއި ޖެހިޖެހިގެން ކާމިޔާބުކުރި ދެވަނަ ފަހަރު ފާހަގަ ކުރި ކުލަ ގަދަ ހަފްލާއެކެވެ. ކެންސަސް ސިޓީގައި ގިނަ ބަޔަކު އެއްވި މިހަފްލާގައި ބަޑީގެ ހަމަލާއެއް ހިނގާފައިވަނީ ބެލުންތެރިންގެ މެދުގައި ހިނގި ޒުވާބެއްގެ ސަބަބުން އުފެދުނު ހަމަނުޖެހުމަކާއެކުކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

ޕޮލިސް ޗީފް ސްޓޭސީ ގްރޭވްސް ހާމަކޮށްފައިވާގޮތުން މިހަމަލާގައި ގިނަ ކުޑަކުދިންތަކެއް ވަނީ ޒަހަމްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން