ވިލާ ޓްރޭޑިން އިން އެތެރެކޮށް ވިއްކާ އަލްމަރާއި ޖޫހުގެ ރަހަ ދައްކާލުމުގެ ހާއްސަ ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ފޭސް2 ގައި ބާއްވަން ނިންމައިފި އެވެ.

މި ހަރަކާތް ކުރިއަށްދާނީ ހުޅުމާލެ ދެވަނަ ފިޔަވަހި (ޓަވަރު 14) ވިލާ މާޓް 4 ކުރިމަތީގަ އެވެ. މިހަރަކާތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ހަވީރު 4:00 އިން ހަވީރު 6:00 އަށެވެ.

މި އިވެންޓް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ފެންވަރު ރަނގަޅު މި ޖޫހުގެ ރަހަ އާންމު ފަރާތްތަކަށް ދައްކާލުން ކަމަށް ވިލާ ޓްރޭޑިން އިން ބުނެ އެވެ.



ތަފާތު ރަހަތައް އެކުލެވޭ އަލްމަރާއި ބްރޭންޑުގެ ތާޒާ ޖޫސް ޕެކެޓަކީ ފެންވަރު ރަނގަޅު މޭވާއިން ތައްޔާރުކުރާ ޖޫސް ޕެކެޓްތަކެއް ކަން އަލްމަރައިއިން ކަށަވަރުކޮށްދެ އެވެ. އަދި އިތުބާރު ކުރެވޭ ސަޕްލަޔަރުންގެ ފަރާތުން ބޭނުންވާ ބާވަތްތައް ހޯދައި، ޖޫސް އުފެއްދުމުގެ މަރުހަލާގައި ކޮލިޓީ ކޮންޓްރޯލް ކުރުމުގެ އެންމެ މަތީ މިންގަނޑުތައް ދަމަހައްޓާ ކަމަށްވެސް އަލްމަރައިއިން ކަށަވަރުކޮށްދެ އެވެ.

މި ޖޫސް ޕެކެޓްތައް ފަރުމާކޮށްފައި ވަނީ ޖޫހުގެ ތާޒާކަމާއި ރަހަ ހިފެހެއްޓޭ ގޮތަށެވެ. އަދި އެއާ ޓައިޓް ޕެކޭޖިންގެ ސަބަބުން ހަލާކުވުން ހުއްޓުވައި، ނިއުޓްރިއަންޓްސް ހިފަހައްޓައި، ތާޒާ އަދި ރަހަމީރު ބުއިމެއްކަން ކަށަވަރުކޮށްދެ އެވެ.

އަލްމަރާއިގެ ތާޒާ ޖޫސް ޕެކެޓުތަކުން ރަހަ ރަނގަޅުވުމުގެ އިތުރުން މޭވާގައި ގުދުރަތީ ގޮތުން އެކުލެވޭ މުހިންމު ވިޓަމިންތަކާއި މިނަރަލްސް ވެސް ލިބިދެ އެވެ.

އަލްމަރައި ބްރޭންޑުގެ ތަފާތު ބާވަތްތައް ވިއްކަމުންދާ ވިލާ ޓްރޭޑިންގެ ކާމިޔާބީގެ އަސްލަކީ ކަސްޓަމަރުންގެ ޚިދުމަތާއި ހިތްހަމަޖެހުން ކަމަށް އެކުންފުނިން ބުނެއެވެ. އަދި އެ ކުންފުނީގެ ކަސްޓަމަރުންގެ ލުއިފަސޭހައަކަށް، ވިލާ މާޓްގެ ވެބްސައިޓް މެދުވެރިކޮށް، ފަސޭހަކޮށް ވިޔަފާރިކުރެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ. އެ ވެބްސައިޓަކީ ވިލާ މާޓުން ލިބެންހުރި އުފެއްދުންތަކާ ބެހޭ މައުލޫމާތުގެ އިތުރުން އީ-ކޮމާސް ތަޖުރިބާކުރެވޭ ގޮތަށް އުފައްދާފައިވާ ވެބްސައިޓެކެވެ.

ވިލާމާޓުގެ ވެބްސައިޓްގެ އިތުރުން، އޮންލައިންކޮށް ވިޔަފާރިކުރަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ވިލާ މާޓްގެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.

ވިލާ މާޓްގެ އަބަދުވެސް އަމާޒަކީ ކޮސްމެޓިކްސް އާއި ގޭތެރޭގެ އެހެނިހެން ސާމާނު ފަދަ އެހެނިހެން ބާވަތްތަކާއެކު ފެންވަރު ރަނގަޅު ކާބޯތަކެއްޗާއި ބުއިންތައް ބާޒާރަށް ފޯރުކޮށްދިނުމެވެ. އަދި ވިލާ މާޓުން މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ބޭނުންވާ އުފެއްދުންތައް އެންމެ ފަސޭހައިން ލިބެން ހުންނަ ގޮތް ހަމަޖަސައިދީ އެ ބޭނުންތައް ފުއްދައިދިނުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން