ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ވަފުދާއި ބައްދަލުކޮށްފިއެވެ.

މިހާރު ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ވަފުދާއެކު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ސްޓެލްކޯގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ސްޓެލްކޯގައި މިވަގުތު ހަކަތަ އުފައްދާ މިންވަރާއި، ޑިމާންޑަށް ބަލައި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.



މީގެއިތުރުން ސްޓެލްކޯއިން ދެމުންދާ ޚިދުމަތުގެ އަގާއި ސަބްސިޑީއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި ގުޅޭގޮތުންވެސް މިބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން