ފިލްމުތަކުގައި ނެގަޓިވް ރޯލް ނުވަތަ ނުބައި ބައި ކުޅޭ ޝަހްސެއްގެ ރޯލަށް ބޮލީވުޑްގެ މަޝްހޫރު ތަރި ކެތުރީނާ ކައިފް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ކާމިޔާބު ލީޑް ރޯލްތަކުގައި ހަރަކާތްތެރިވި އުމުރުން 40 އަހަރުގެ ކެތުރީނާ ބުނީ އޭނާ ތަފާތު ރޯލްތަކުން ފެންނަން ބޭނުންވާ ކަމަށެވެ.

"ދިރިއުޅުމުގައި އެކި އުމުރުތަކުގައި މީހާއަށް އެކި ބަދަލުތައް އަންނާނެ. އެހެންވެ، އަހަރެންވެސް ކެރިއަރުގައި ކުރިއެރުން ހޯދަން ތަފާތު ކޮށްލަން ބޭނުންވޭ. އެކަަމަކު ކުޅެން ބޭނުމީ އޮށްޓަރު ހުރި ފިލްމެއްގެ ރޯލެއް." އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކެތުރީނާ ބުނެފައި ވެއެވެ.

މީގެ އިތުރަށްވެސް، ކުރީ ޒަމާނުގެ މައްޗަށް ބިނާކޮށް އުފައްދާ ޕީރިއަޑް ޑްރާމާތަކުގައިވެސް ހަރަކާތްތެރިވާން ބޭނުންވާ ކަމަށް ކެތުރީނާ ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން