ދިވެހިންގެ މެދުގައި ބޮޑު ތަރުހީބެއް ހޯދި އިންޑިއާގެ ލަވަކިޔުންތެރިޔާ ސަނަމް ޕޫރީ ކައިވެނިކޮށްފިއެވެ.

ސަނަމް ޕޫރީއާއި ޒުޗޯބެނީ ޓަންގޯއި ކައިވެނިކޮށްފައިވަނީ ޒުޗޯބެނީގެ އުފަން ރަށް ނާގަލޭންޑްގައެވެ. މި ޖޯޑު ކައިވެނިކޮށްފައިވަނީ ޕަންޖާބްއާއި ނާގާގެ ސަގާފަތާއި އެއްގޮތަށް ބޭއްވުނު ކައިވެނީގެ ރަސްމިއްޔާތެއްގައެވެ.

ސަނަމްގެ އަންހެނުން ޒަުޗޯބެނީއަކީވެސް މިއުޒިކް އިންޑަސްްޓްރީގައި މަސައްކަތް ކުރާ ލަވަކިޔުންތެރިއެކެވެ. އެގޮތުން ސަނަމްއާއި ޒުޗޯބެނީ ވަނީ އެކީގައި މިއުޒިކް ޝޯވތައްވެސް ހުށަހަޅާފައެވެ.

ރަންޒަމާނުގެ ހިންދީ ލަވަތައް ފަހުގެ ޒަމާނީ ސްޓައިލަށް އަލުން ގެނެސް ދިނުމުގައި މަޝްހޫރު ކަން ހޯދި ސަނަމް ޕޫރީ އަދި އޭނާގެ ބޭންޑު ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު ވެގެންދިޔައީ މިނިވަން 50 މިއުޒިކް ޝޯވް އިންނެވެ. އޭރުގެ ޓުއަރިޒްމް މިނިސްޓަރ އަދީބުގެ ދައުވަތަކަށް ރާއްޖެ އައިސް މިއުޒިކް ޝޯވް ކުޅެދިން ސަނަމް ވަނީ ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ދެ ލަވައެއްވެސް ޝޫޓްކޮށްފައެވެ.

ރާއްޖޭގައި ޝޫޓް ކޮށްފައިވާ ލަވަތަކުގެ ތެރެއިން ސަނަމް ޕޫރީގެ "ޔެ ވާދާ ރަހާ" މިލަވަ އަކީ ރާއްޖޭގެ ޒުވާން މިއުޒިކީ ފަންނާނު މީރާ މާޖިދު އާއެކު އާއެކު ހުށައަޅައިދީފައިވާ ލަވައެކެވެ. މިލަވަ ނިމިގެން ދާއިރު ޔެ ވާދާ ރަހާގެ ދިވެހި ލަވައިގެ ތަންކޮޅެއް ސަނަމް ހުށައަޅައިދޭތަން ފެނިގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން