ހިންދީ ފިލްމް "ރެއިޑް" ގެ ސީކުއެލްގައި ބޮލީވުޑް ބަތަލު އަޖޭ ދޭވްގަންއާއި އެކު ބަތަލާ ވާނީ ކަޕޫރް ހަރަކާތްތެރިވާން ހަމަޖެހިއްޖެއެވެ.

ޖެނުވަރީ 6 ގައި "ރެއިޑް 2" ގެ ޝޫޓިންގ ފެށިފައިވާ ކަމަށް އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ. މި ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިން ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ މުމްބާއީގައެވެ.

މިއީ ގިނަ އަދަދެއްގެ ކާމިޔާބު ފިލްމުތައް ކުޅެމުންދާ އަޖޭއާއިއެކު ވާނީ އެއް ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

ރެއިޑްގެ ސީކުއެލް ޑައިރެކްޓް ކުރާނީ ރާޖް ކުމާރް ގުޕްތާއެވެ. އޭނާގެ ޑިރެކްޝަންގެ ދަށުން ރެއިޑްގެ ފުރަތަަމަ ފިލްމު ވަނީ ބޮކްސް އޮފީހުގައި ފުދޭވަރެއްގެ ކާމިޔާބީއެއް ހާސިލުކޮށްފައެވެ.

2018 ގައި ރިލީޒްވި ރެއިޑް ފިލްމަކީ 1980 ގެ އަހަރުތަކުގައި އިންކަމް ޓެކްސް ޑިޕާޓްމަންޓުގެ އޮފިސަރުން ކުރި ހަގީގީ ރޭއިޑެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ފިލްމެކެވެ. އެ ފިލްމުގައި އަޖޭގެ އަންހެނުންގެ ރޯލް ކުޅެފައިވަނީ އިލިއާނާ ޑި ކްރޫޒްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން