2023 ވަނަ އަހަރުގެ ނޮވެމްބަރު 01 އިން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ 2023" ނިންމައި ޕްރޮމޯޝަންގެ ގުރުއަތުނަގައިފިއެވެ.

އެމްޓީސީސީ "ކަށަވަރު ޕްރޮމޯ 2023" ގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނޯ އަލްފާޟިލް އަޙުމަދު އާލިމް އެވެ. އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ޕްރޮމޯޝަންގެ ނިންމުމުގެ ރަސްމިއްޔާތުގައ،ި ޕްރޮމޯޝަންގެ ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތުގެ ނަން އިއުލާންކޮށްދެއްވީ އެމްޓީސީސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލް އަބްދުالله ޒިޔާދެވެ.

މިޕްރޮމޯޝަންގެ މަޤްސަދަކީ އޮޑިވެރިންނާއ،ި މަސްވެރިކަމާއ،ި ޓޫރިޒަމް އަދި ޓްރާންސްޕޯޓް ސިނާޢަތުގައި ހަރަކާތްތެރިވާ ކަސްޓަމަރުންނަށް ޑިސްކައުންޓަކާއިއެކު އެމްޓީސީސީ ކަށަވަރު ފިހާރައިން ވިއްކާ މުދާ ލިބޭނެ މަގު ފަހިކޮށްދިނުމެވެ. މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވުނު ޕްރޮޑަކްޓް ތަކުގެ ތެރޭގައި ޔަންމާ

އަދި ސުޒުކީ އިންޖީނާއ،ި އިންޖީނުގެ ސްޕެއަރ ޕާރޓްސ،ް ކާސްޓްރޯލް އަޑީތެޔ،ޮ ޕީޕީޖީ ކޯޓިންގްސ،ް ސްކޮޓް ބޭޑަރ ފައިބަރު ސާމާނ،ު މާރޮލް ސްޓީރިންގ ސިސްޓަމް އަދި އިންޑަސްޓްރިއަލް ގޭސް ފަދަ ޕްރޮޑަކްޓްތައް ހިމެނެއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭ ގްރޭޓަރ މާލެ ސަރަޙައްދާއި ރާއްޖޭގެ އެކި އެކި ރަށްރަށަށް އެމްޓީސީސީގެ ޓީމުން ޒިޔާރަތްކޮށްފައިވާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

އަދި މީގެއިތުރުން މިއަހަރުގެ ތެރޭގައި އޮޑިވެރިންނަށް ފޯރުކޮށްދޭ ޙިދުމަތް އިތުރަށް ރަނގަޅުކޮށް ފުޅާކުރުމުގެ ގޮތުނ،ް މެރިން އަދި އިންޑަސްޓްރިއަލް ސެކްޓަރއަށް ޙާއްސަކޮށް އިތުރު ޕްރޮޑަކްޓްތައް ތަޢާރަފް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ. މީގެ މައިގަނޑު ބޭނުމަކީ އޮޑިވެރިންނަށް ބޭނުންވާ ހުރިހާ ސާމާނެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުންކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދީ ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ޕްރޮމޯޝަންތައް ބާއްވައ،ި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއ،ި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ގިނަގިނައިން ހިނގުންކަމަށް އެކުންފުނިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން