ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރަކުލް ޕްރީތް ސިންގް އަންނަ މަހުގެ 22 ގައި ކައިވެނިކުރަން އުޅޭ ކަމަށް ރިޕޯޓްކޮށްފިއެވެ.

ރަކުލް ކައިވެނިކުރަނީ އޭނާގެ ލޯބިވެރިޔާ ޖެކީ ބަގްނާނީއާއިއެވެ. އެހެން ނަމަވެސް، މި ޖޯޑު ވަނީ މިކަން މީޑިއާތަކަށް ސިއްރުކޮށްފައެވެ. ހިންދުސްތާން ޓައިމްސްއަށް މިކަމުގެ މަޢުލޫމާތު ދީފައިވަނީ އެދެމީހުންނާއި ގާތް މީހެކެވެ. ނަން ހާމަކުރަން ބޭނުންނުވާ އެމީހާ ބުނީ ރަކުލްއާއި ޖެކީ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ގޯއާގައި ކަމަށެވެ. އަދި މި ކައިވެނި ކުރަން އުޅެނީ ސިއްރުން ކަމަށް އޭނާ މަޢުލޫމާތުދީފައި ވެއެވެ.

"އެދެމީހުން ޕްރައިވެސީއަށް ލޯބިކުރޭ. ކައިވެންޏާއިގެން ބިޒީވުމުގެ ކުރިން ރަކުލްއާއި ޖެކީ މިވަގުތު މަޑުކޮށްގެން ތިބީ ތައިލޭންޑްގެ ބެންގްކޮކްގައި." އޭނާ ބުނެފައި ވެއެވެ.

މިދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ އިންސްޓަގްރާމްގައެވެ. އެގޮތުން 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ޖެކީ ވަނީ ރަކުލްއާއި އެކީ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްގެން އެދެމީހުންނަކީ ލޯބިވެރިންކަން ޢާންމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން