އައު އަހަރު ފާހަގަކުރަން ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރްގެ އާއިލާ ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

އަކްޝޭއާއިއެކު ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުން ޓްވިންކަލް ކަންނާއާއި ދަރިފުޅު ނިތާރާއާއި އާރަވްއެވެ. މި އާއިލާ ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގެ ސޮނޭވާ ޖާނީ ރިޒޯޓްގައެވެ.



ރާއްޖެއަކީ ބޮލީވުޑްގެ ތަރިންގެ މެދުގައި ޗުއްޓީ ހޭދަކުރަން މަގްބޫލު މަންޒިލެކެވެ. ނިމިދިޔަ އަހަރު ތެރޭގައިވެސް ޝިލްޕާ ޝެޓީއާއި ތާޕްސީ ޕަންނޫ ފަދަ މަޝްހޫރު ތަރިން ރާއްޖޭގެ ރިޒޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން