މޯލްޑިވްސް އިިސްލާމިކް ބޭންކް، އެމްއައިބީން ތައާރަފް ކުރި އިންސްޓެންޓް ޑެބިޓް ކާޑާއެކު ކަސްޓަމަރުންނަށް އެތައް ލުއިތަކެއް މިހާރު ލިބިގެންދާނެކަމަށް އެބޭންކުން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނިގޮތުގައި މިހާރު ކޮންމެ މީހަކަށްވެސް އޮންލައިންކޮށް ވަގުތުން އެކައުންޓް ހުޅުވާލެވޭ ފަދައިން ކާޑުވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ. މިގޮތުން އެމްއައިބީގެ ކޮންމެ ބްރާންޗަކުންނާ އަދި ކޮންމެ ސޭލްސް ސެންޓަރަކުންވެސް ވަގުތުން ލިބެން ހުންނަ އިންސްޓެންޓް ކާޑް ކިޓުގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭންކޮށްލައިގެން ފަސޭހަކަމާއިއެކު އެމީހެއްގެ އެކައުންޓަށް ކާޑު ލިންކް ކޮށްލެވޭނެ އެވެ.

މީގެ އިތުރުން އެމްއައިބީގެ އިންސްޓެންޓް ކާޑް ކިޓް ބޭނުންކޮއްގެން އެބޭންކުގެ އެކައުންޓެއް ނެތް ފަރާތަކަށްވެސް އެކައުންޓެއް ހުޅުވައި ކާޑުގެ ޚިދުމަތް ވަގުތުން ހޯދޭނެ ކަމަށް ބޭންކުން ބުނެއެވެ. މިގޮތަށް މި ޚިދުމަތް ފުރިހަމަވެފައި ވުމުން ކަސްޓަމަރުންނަށް ކިއުގައި ނުޖެހި އެކައުންޓް ހުޅުވުމުގެ އެންމެހައި ކަމެއް ލުއިފަސޭހަކޮށް ވަގުތުން ލިބިގެންދާނެއެވެ.



އެމްއައިބީއިން އަބަދުވެސް މަސައްކަތް ކުރަނީ ބޭންކިންގ ޚިދުމަތްތައް ޑިޖިޓަލްކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު އަވަސް ޚިދުމަތްތަކެއް ދިނުމަށެވެ. މިގޮތުން އޮންލައިންކޮށް އެކައުންޓް ހުޅުވުމަށް "އެޕްލައިނައު" ޕޯޓަލްއާއި އުޖާލާ ފައިނޭންސިންގގެ ޚިދުމަތްތަކަށް "އުޖާލާނައު" ޕޯޓަލްވެސް ވަނީ ތަޢާރަފުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން