ހިންދީ ފިލްމު އާޝިގީ 3 ގެ މަސައްކަތް އަންނަ އަހަރު ފަށަން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އާޝިގީ ގެ ފުރަތަމަ ފިލްމާއި ދެވަނަ ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާރު، ތިން ވަނަ ފިލްމުގެ ލީޑުންވެސް ފުރަތަމަ ފިލްމާއި ދެވަނަ ފިލްމު ފަފައިން ތަފާތު ދެތަރިން ފެނިގެންދާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

އާޝިގީ 3 ގެ ލީޑު ރޯލުން ފެނިގެންދާނީ ކާރތިކް އާރިޔަންގެ އިތުރުން ޓްރިޕްތީ ޑިމްރީ އެވެ. މިދެތަރިން އެކުގައި އޮން ސްކްރީނުން ފެނިގެންދާ ޚަބަރާއެކު، އާޝިގީ ފިލްމު ސީރީޒްގެ ފޭނުން މިހާރު ތިބީ މިދެތަރިންގެ އޮންސްކްރީން ކެމިސްޓްރީ ބަލާލަން ކެތްމަދުވެފައެވެ. މީގެއިތުރުން އަނޫރާގް ބާސޫގެ ޑައިރެކްޝަންގެ ކުޅަދާނަކަމާއި އަސަރުގަދަ ޕްރޮޑަކްޝަންގެ އިތުރުން ބޫޝަން ކުމާރުގެ ޓްރެކް ރެކޯޑުން މިފިލްމުގެ ކާމީޔާބީއަށް ބަދަލެއް ނާންނާނެކަމާމެދު އުއްމީދު ކުރެވޭ ކަމަށްވެސް އާޝިގީ ފިލްމު ސީރީޒްގެ ފޭނުން ދަނީ ބުނަމުންނެވެ.

އާޝިގީގެ ފުރަތަމަ ފިލްމު ރިލީޒްކުރީ 1990 ވަނަ އަހަރުއެވެ. މިފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔައީ އަލަށް ތައާރަފްވި ރާހުލް ރޯއީ އާއި އަނޫ އަގަރްވާލް އެވެ. މިދެތަރިންނަށް ފިލްމު ރިލީޒް ކުރުމާއެކު އެތައް ބައެއްގެ ތައުރީފު ލިބިގެންދިއައެވެ. މި ފިލްމު ވެގެން ދިޔައީ ހީވެސް ނުކުރާ ފަދަ މިއުޒިކަލް ހިޓް ފިލްމަކަށެވެ. އޭގެ އެތައް އަހަރެއް ފަހުން 2013 ވަނަ އަހަރު ނެރުނު ދެވަނަ ފިލްމު "އާޝިގީ 2" ގައި ލީޑްރޯލު ކުޅެ ދިނީ އަދިއްތިޔަ ރޯއީ ކަޕޫރާއި ޝްރައްދާ ކަޕޫރު އެވެ. މި ފިލްމަކީ ވެސް މިއުޒިކަލް ހިޓް ފިލްމަކަށް ވެގެން ދިޔަ ފިލްމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން