އދ. މަހިބަދޫ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ)ގެ ސޭލްސް ސެންޓަރ
އދ. މަހިބަދޫ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ)ގެ ސޭލްސް ސެންޓަރ
ދ. ކުޑަހުވަދޫ އަދި އދ. މަހިބަދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ)ގެ ސޭލްސް ސެންޓަރ ހުޅުވައިފިއެވެ.

މިކަމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދ. ކުޑަހުވަދޫ ސޭލްސް ސެންޓަރު ހުޅުވައިދެއްވީ ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފިކުރީއެވެ. އަދި އދ. މަހިބަދޫ ސޭލްސް ސެންޓަރު ހުޅުވައިދެއްވީ މަހިބަދޫ ކައުންސިލްގެ ރައީސް ރަޝާދު އަލީ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ މި ސެންޓަރުތަކުން ފައިސާ ޖަމާކޮށް ނެގުމުގެ ޚިދުމަތް ލިބޭނެ ކަމަށް އެބޭންކުން ބުނެއެވެ. އަދި އިތުރަށް މި ސެންޓަރުތަކުގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެމް.އައި.ބީ އިން ހާމަކޮށްފައިވެއެވެ.

އެމްއައިބީ އިން ބުނީ ބޭންކުގެ ގިނަ ޚިދުމަތްތައް މިހާރުވެސް އޮންލައިންކޮށް 'އެޕްލައިނައު' މެދުވެރިކޮށް ލިބެން ހުރި ނަމަވެސް އެއްވެސް ދަތިކަމެއް ނުވަތަ އެހީއެއް ބޭނުންނަމަ މި ސެންޓަރުގެ މުވައްޒަފުންގެ އެހީ ހޯދޭނެކަމަށެވެ.

މީގެއިތުރުން އެމްއައިބީ ސޭލްސް ސެންޓަރެއް ބ. އޭދަފުށީގައިވެސް ވަނީ ވަރަށް ފަހުން ހުޅުވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ސަރވިސް ސެންޓަރުތައް ރާއްޖޭގެ އެހެން ރަށްތަކުގައި ހުޅުވުމުގެ މަސައްކަތް ބޭންކުން މިހާރު ވެސް ކުރަމުންދާކަމަށް އެމް.އައި.ބީ އިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން